ގދ. ފަރެސްމާތޮޑާ އެއަރޕޯޓްގެ ހިންގުން ހަވާލުކޮށްފައިވާ ރީޖަނަލް އެއާޕޯޓްސް ކުންފުނިން، ފަރެސްމާތޮޑާ އެއާޕޯޓް ކައިރިން ގެސްޓްހައުސް ވިޔަފާރިއަށް، ބިން ދޫކުރަން ހުޅުވާލައިފިއެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ސަރަހައްދުގައި ގެސްޓްހައުސް ހިންގުމަށް ޝައުގުވެރިވާ ކުންފުނިތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 26 ވާ ބުދަދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން ވަނީ އަންގާފައެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނާ ގޮތުގައި، ދޫކުރާ ބިމެއްގެ ބޮޑުމިނުގައި 10،000 އަކަފޫޓު ހުންނާނެއެވެ. އަދި 10،000އަކަފޫޓުގެ 18 ބިމެއް ދޫކުރުމަށް ވަނީ ނިންމާފައެވެ. ރީޖަނަލް އެއާޕޯޓްސްއިން ބުނާ ގޮތުގައި ގެސްޓްހައުސް ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހަމައެކަނި ދިވެހިންނަށެވެ. މިއީ ޓޫރިޒަމް ދާއިރާއިން ދިވެހިންނަށް ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ހުޅުވާލި ފުރުސަތުތަކެއް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.