1444 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން މ. މުލަކު ކައުންސިލުން ކުރިއަށް ގެންދިޔަ އެ ކަަައުންސިލުގެ ދެވަނަ ޤުރުއާން މުބާރާތް ނިމި، ނަތީޖާފާޅުކޮށްފިއެވެ. މުލަކު ސްކޫލުގެ އިބްރާހިމް ރަފީޢު މާލަމުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި މި ރަސްމިއްޔާތު، ޝަރަފްވެރިކޮށްދެއްވީ މުލަކަތޮޅު އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލެވެ.

މިމަހު 15ގައި ފެށި މި މުބާރާތުގައި ބައިވެރިވި އުމުރުފުރާތަކުން 102 ބަައިވެރިން ކިޔަވައިފައިވެއެވެ. މީގެ އިތުރުން ބަލައިގެން ކިޔެވުމާއި، އަދި ނުބަލާ ކިޔެވުމުގެ ގޮފިން ކޮންމެ އުމުރުފުރާއަކުންވެސް ބައިވެރިން ވަނީ ވަނަތައް ހާސިލް ކޮށްފައެެވެ. އަދި މި މިމުބާރާތުގައި، ހުރިހާ އުމުރުފުރައަކުން މުޅި މުބާރާތުން 01 ވަނަ، 02 ވަނަ އަދި 03 ވަނަ އަށް ދިޔަ ދަރިވަރުންނަށް ތައްޓާއި އިނާމުވެސް މުލަކު ކައުންސިލުން ވަނީ ދެއްވާފައެވެ.

މި މުބާރާތުގައި ވަނަތައް ހާސިލްކުރި ދަރިވަރުން:

  • 6 އަހަރުންދަށް(ބަލައިގެން): 3ވަނަ- އަލްޔާ ބިންތް މުހައްމަދު ހަމީދު (މި ގޮފިން ހޮވިފައިވާ ހަމައެކަނި ވަނަ )
  • 7 އަހަރުންދަށް(ނުބަލާ): 1ވަނަ- ޢާއިޝަތު އީތާ ޞަބާޙް (މި ގޮފިން ހޮވިފައިވާ ހަމައެކަނި ވަނަ )
  • 9 އަހަރުންދަށް(ބަލައިގެން): 1ވަނަ- ޙައްމާމް ބިން ހުސެއިން، 2 ވަނަ - އާއިމިނަތު ރުމައިސާ މުޖުތަބާ، 3 ވަނަ- ދާނިޝް މުޙައްމަދު
  • 9 އަހަރުންދަށް:(ނުބަލާ):1ވަނަ- ޢާޒާ ބިންތް ޝާމިލް، 2 ވަނަ- ޢާއިޝަތު ޝޫބާ ބިންތް ފާރިޝް 3 ވަނަ- އަޙުމަދު ވާއިލް
  • 11 އަހަރުންދަށް(ބަލައިގެން):1ވަނަ- މިންހާ ބިންތު އަޙުމަދު، 2 ވަނަ- އައިމިނަތު ޢަލާ ބިންތި އިސްމާއިލް، 3ވަނަ- ޢާއިޝަތު ޝިމްރާން
  • 11 އަހަރުންދަށް(ނުބަލާ):1ވަނަ އިބްރާހިމް ފަސީހް، 2 ވަނަ- ޔޫސުފް އަލްވާން، 3 އިސްމާޢީލް ޔޫއާން އަޙްމަދު
  • 13 އަހަރުންދަށް(ނުބަލާ): 1ވަނަ- ޙައްވާ ޖަނާން ހަސަން (މި ގޮފިން ހޮވިފައިވާ ހަމައެކަނި ވަނަ )
  • 13 އަހަރުންދަށް(ބަލައިގެން):1ވަނަ- ފާޠިމަތު ޝާރާ، 2ވަނަ- މުޙަައްމަދު ހިޝާމް، 3ވަނަ- މަރިޔަމް ޒީވާ
  • 16 އަހަރުންދަށް(ނުބަލާ): 1ވަނަ- އާއިމިނަތު ފައުޒާ މުޙައްމަދު (މި ގޮފިން ހޮވިފައިވާ ހަމައެކަނި ވަނަ )
  • 16 އަހަރުންދަށް(ބަލައިގެން):1ވަނަ- މަރިޔަމް އަމާނީ، 2ވަނަ- މުޙައްމަދު ޝިމްރާން، ރައްޔާން ލަތީފް، މުހައްމަދު ލައިޒަން، 3ވަނަ- ޢާއިމިނަތު ނީޝާ، ޢާއިޝަތު އިޝްރާ
  • 19 އަހަރުންދަށް: 1ވަނަ- ޢާއިޝަތު ޢަލްޔާ ބިންތް އިސްމާޢީލް، 2ވަނަ- ޢާއިޝަތު ލައިޝާ ލަތީފް، 3 ވަނަ- ޢާއިޝަތު ޝީޔާ
  • 21 އަހަރުން މަތި: 1 ވަނަ- މާއިޝާ ޢަލީ، 2 ވަނަ- ޒާހިޔާ ރުޝްދީ، 3 ވަނަ- ފާޠިމަތު ސާލިމާ

މީގެއިތުރުން، މުޅި މުބާރާތުން ބަލައި ކިޔެވުމުގެ ގޮފިން 1 ވަނަ ހާސިލްކޮށްފައިވަނީ މަރިޔަމް އަމާނީ އެވެ. އަދި 2 ވަނަ ޢާއިޝަތު އަލްޔާ ހާސިލް ކޮށްފައިވާއިރު 3 ވަނަ ލިބިފައިވަނީ ޢާއިޝަތު ލައިސާއަށެވެ

އަދި މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ ގޮފިން 1 ވަނަ އިބްރާހިމް ފަސީހަށް އަދި 2 ވަނަ ލިބިފައިވަނީ އާމިނަތު ފައުޒާއެވެ. އަދި 3 ވަނައަށް ހޮވިފައިވަނީ ޢަޒާ ބިންތް ޝާމިލްއެވެ.

މި ރަސްމިއްޔާތުގައި މުލަކު ކައުންސިލްގެ ރައީސް އަހުމަދު ޖަމާލުގެ ފާހަގަފުޅުގައި މިއީ މިފަދަ މުބާރާތެއް ބޭއްވޭނެ އެންމެ ފަހުފަހަރު ނޫން ކަމާއި، ކުރިއަށް އޮތް އަހަރުތަކުގެ ރަމަޟާންމަހުގައިވެސް މި މުބާރާތް ކުރިއަށް ގެންދާނެ ކަމަށް ފާހަގަ ކުރެއްވިއެވެ. މި މުބާރާތަކީ އެ ކައުންސިލުން ބޭއްވި ދެވަނަ މުބާރާތެވެ.