ލ. ގަމު ރިވޮލިއުޝަން ކަޕުގެ ކުއާޓާ ފައިނަލްގެ މެޗުތައް މިރޭ

0
ރިވޮލިޔުޝަން ކަޕުގައި ވާދަކުރާ ވައި..އާރު.ސީ ޓީމް

ލ. ގަމު ތުނޑީ އަވަށުގައި ކުރިއަށްދާ ފޯރިގަދަ ފުޓްސަލް މުބާރާތް “ރިވޮލިއުޝަން ކަޕް” ގެ ކުއާޓާ ފައިނަލަށް ޓީމުތައް ދަތުރުކޮށްފިއެވެ. މި މުބާރާތަކީ ރާއްޖޭގައި ފުޓްސަލްގައި ފާހަގަކޮށްލެވޭ ހުރިހާ ތަރިން ކަހަލަ ގޮތަކަށް ފެނިގެންދާ މުބާރާތެކެވެ.  އޭގެ އިތުރުން، ރާއްޖޭގެ ފުޓުބޯޅަ ސީޒަން ނިމިފައި އޮތުމާއެކު ފުރަތަމަ ޑިވިޝަންގައި ކުޅެމުންދާ ގިނަ ކުޅުންތެރިންތަކެއްވެސް މިއަހަރުގެ މުބާރާތުގައި ފެނިގެންދާނެއެވެ.

ރިވޮލިއުޝަން ކަޕަކީ ލ. ގަމު ތުނޑީ އަވަށުގެ ޒުވާނުން އިސްނަގައިގެން ބާއްވާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައިވެސް ގަމާއި ފޮނަދޫ ސަރަހައްދުގެ އިތުރުން އަތޮޅު ރައްތަކުން، ޖުމްލަ 16 ޓީމު ވަނީ ބައިވެރިވެފައެވެ.

ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާ ޓީމްތައް

Advertisement

ގުރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައި އައުޓްރީފް އަދި ދެވަނަ ޓީމްގެ ގޮތުގައި އެފް.ސީ ބަލަމާ

ގުރޫޕް ބީ ގެ އެއްވަނަ ޓީމްގެ ގޮތުގައި ޑިޓީރިއޮޓްސް ޗިކަން ޑިނަރ އަދި  ދެވަނަ ޓީމްގެ ގޮތުގައި ޝަބްނަމީ ކަނެކްޓް

ގުރޫޕް ސީ ގެ އެއްވަނަ ޓީމްގެ ގޮތުގައި ފޮއެމަތި އަދި ދެވަނަ ޓީމްގެ ގޮތުގައި ކުލަމަޖާ

ގުރޫޕް ޑީގެ އެއްވަނަ ޓީމްގެ ގޮތުގައި ވައި.އާރު.ސީ އަދި ދެވަނަޓީމްގެ ގޮތުގައި ކަންމަތި ސްޕޯޓްސް

މިރޭ ކުޅުމަށް ހަމަޖެހިފައިވާ ކުއާޓާ ފައިނަލްގެ މެޗުތައް:

ކުއާޓާފައިނަލްގެ ފުރަތަމަ މެޗުގައި ގްރޫޕްއޭގެ އެއްވަނަ ޓީމް އައުޓްރީފް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ގްރޫބް ބީގެ ދެވަނަ ޓީމް ޝަބްނަމީ ކަނެކްޓް އާއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:00 ގައެވެ. މިރޭ 9:00 ގައި ކުޅުމަށް ހަމަޖެހިފައިވާ ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕް އޭ ގެ ދެވަނަޓީމް އެފް.ސީ ބަލަމާ އާއި ގްރޫޕް ބީ ގެ އެއްވަނަ ޓީމް ޑިޓީރިއޮސް ޗިކަން ޑިނަރ އެވެ. އަދި ކުއާޓާފައިނަލް 3 ވަނަ މެޗުގައި ގްރޫޕް ޑީ ގެ ދެވަނަ ޓީމް ކަންމަތި ސްޕޯޓްސް ކުލަބާއި ގްރޫޕް ސީގެ އެއްވަނަ ޓީމް ފޮއެމަތި ބައްދަލުކުރާ ފޯރިގަދަމެޗު ފަށާނީ މިރޭ 10:00 ގައެވެ. ކުއާޓާ ފައިނަލްގެ ފަހުމެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕް ޑީގެ އެއްވަނަ ޓީމް ވައި.އާރު.ސީ އާއި ގްރޫޕް ސީ ގެ ދެވަނަ ޓީމް ކުލަމަޖާއެވެ.

މި މުބާރާތް 2015 ވަނަ އަހަރު ބޭއްވުމަށްފަހު 3 އަހަރުގެ މެދު ކެނޑުމަކަށްފަހު، ރިވޮލިއުޝަން ކަޕް މިއަހަރު ފަށާފައިވާއިރު، މި މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނެފައިވަނީ، މުބާރާތުގައި ބައިވަރެވުމަށް ޓީމުތަކުން ވަރަށް ބޮޑު ތަރުހީބަކާ، އެހީތެރިކަމެއް ލިބޭކަމަށާއި، މުބާރާތް އިންތިޒާމްކުރުމުގައި އެންމެ ބޮޑަށް އުނދަގޫވާކަމަކީ ރަގަނޅު ފެންވަރަކަށް ހެދިފައިވާ ދަނޑެއް ނެތުން ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ރަނގަޅު ފެންވަރެއްގެ ދަނޑެއްގައި މުބާރާތް ބާއްވޭނެ ކަމުގެ އުންމީދު ކުރާ ކަމަށާއި، އެކިފަރާތްތަކާ އެކު އަކަމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here