އެމް.އައި.ޓީ.ޑީ.ސީ ގެ އެމް.ޑީ ގެ މަޤާމަށް މުހައްމަދު ރާއިދު ހަމަޖައްސަވައިފި

0
އެމް.އައި.ޓީ.ޑީ.ސީގެ އެމް.ޑީ ރާއިދު

މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއައިޓީޑީސީ)ގެ މެެނޭޖިން ޑިރެކްޓަރުގެ ކަމަށް ހ. ސްވޯޑް، މުހައްމަދު ރާއިދުު ހަމަަޖައްސަވައިފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން މިމަގާމަށް ހ. ސްވޯޑް، މުހައްމަދު ރާއިދު އައްޔަންކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަކީ އިންޓަގްރޭޓަޑް ޓޫރިޒަމް ކުރިއެރުވުމަށްް 2016 ވަނަ އަހަރު ރައީސް ޔާމީން އުފައްދަވާފައިވާ ކުންފުންޏެކެވެ.

Advertisement

އެމްއައިޓީޑީސީ އުފައްދާފައިވަނީ މެދުފަންތީގެ ޓޫރިޒަމް ރާއްޖެއަށް ތައާރަފްކޮށް ހިންގުމުގެ މަގުސަދު އެވެ.

އެމްއައިޓީޑީސީ އުފެއްދުމަށްފަހު ރައީސް ޔާމީންގެ ސަރުކާރުންް ވަނީ ލ. ބަރެސްދޫ ތަރައްގީ ކުރުމުގެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފަ އެވެ.

އެމްއައިޓީޑީސީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ލޭންޑް އިކްއިޒިޝަން ކޯސްޓްގެ ގޮތުގައި 11.2 މިލިއަން ރުފިޔާ އެކުންފުންޏަށް ލިބެންޖެހޭ ކަން ފާހަގަކޮށްފައިވެއެވެ.

Advertisements