ރިވޮލިއުޝަން ކަޕް – ވައި.އާރު.ސީ އާއި ކަންމަތި އެސް.ސީ ފައިނަލަށް

0
މުބާރާތުގައި މޮޅޫކުޅުމެއް ދައްކަމުންދާ ޝާފިއު (ޝާއްޕެ)

ލ. ގަމުގައި ކުރިއަށްދާ ފޯރިގަދަ ފުޓްސަލް މުބާރާތް “ރިވޮލިއުޝަން ކަޕް” ގެ ފައިނަލަށް ވައި.އާރު.ސީ އާއި ކަންމަތި ސްޕޯޓްސް ދަތުރުކޮށްފިއެވެ.

ރިވޮލިއުޝަން ކަޕަކީ ލ. ގަމު ތުނޑީ އަވަށުގެ ޒުވާނުން އިސްނަގައިގެން ބާއްވާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައިވެސް ގަމާއި ފޮނަދޫގެ އިތުރުން އަތޮޅު ރައްތަކުން، ޖުމްލަ 16 ޓީމު ވަނީ ބައިވެރިވެފައެވެ.

ހޯމަދުވަހުގެ ރޭ ކުޅުނު ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އައުޓްރީފް އެސް.ސީ އާއި ކަންމަތި އެސް.ސީ އެވެ. މިި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ކުން ދެ ޓީމް އެއްވަރުވެފައި އޮތުމުން ޕެނަލްޓީ ޖަހައިގެން މެޗުކާމިޔާބު ކުރީ ކަންމަތި އެސް.ސީ އެވެ.

Advertisement

ރޭ ކުޅުނު ސެމީ ފައިނަލްގެ 2 ވަނަ މެޗުގައި ވައި.އާރު.ސީ އާއި އެފް.ސީ ބަލަމާ ބައްދަލުކުރިމެޗު 2 -1 ކުން ކާމިޔާބުކުރީ ވައި.އާރު ސީއެވެ. މި މެޗުގައި ވައި.އާރު.ސީ އިން ކާމިޔާބު ކުރި 2 ގޯލްވެސް ކާމިޔާބުކޮށްދީފައިވަނީ މުބާރާތުގައި މޮޅުކުޅުމެއް ދައްކަމުން އަންނަ އަދި ރޭގެ މެޗުގެވެސް މޭން އޮފްދަ މެޗް ވެސް ހޯދި އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.

މުބާރާތުގެ ފައިނަލް މެޗު މިރޭ 21:00 ގައި ފެށުމަށް ހަމަޖެހިފައިވަނީ ތުނޑީ ފުޓްސަލް ސްޓޭޑިއަމްގައެވެ.

ރިވޮލިއުޝަންކަޕު ފުރަތަމަ ބާއްވާފައިވަނީ 2015 ވަނަ އަހަރުއެވެ. ނަމަވެސް 3 އަހަރުގެ މެދު ކެނޑުމަކަށްފަހު، ރިވޮލިއުޝަން ކަޕް މިއަހަރު ފަށާފައިވާއިރު، މި މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނެފައިވަނީ، މުބާރާތުގައި ބައިވަރެވުމަށް ޓީމުތަކުން ވަރަށް ބޮޑު ތަރުހީބަކާ، އެހީތެރިކަމެއް ލިބޭކަމަށާއި، މުބާރާތް އިންތިޒާމްކުރުމުގައި އެންމެ ބޮޑަށް އުނދަގޫވާކަމަކީ ރަގަނޅު ފެންވަރަކަށް ހެދިފައިވާ ދަނޑެއް ނެތުން ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ރަނގަޅު ފެންވަރެއްގެ ދަނޑެއްގައި މުބާރާތް ބާއްވޭނެ ކަމުގެ އުންމީދު ކުރާ ކަމަށާއި، އެކިފަރާތްތަކާ އެކު އަކަމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ.

Advertisements