ހުސްނުއްސުޢޫދުގެ ވާހަކަތަކާ ގުޅޭ ތަފްސީލުތައް ސްޕްރީމްކޯޓާ ހިއްސާކުރުމަށް ރިޔާސީ ކޮމިޝަނުން ދެކޮޅުހަދައިފި

0
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް

ޝަރުޢީ ދާއިރާ އާއި ބެހޭ ގޮތުން ކުރީގެ ބަންޑާރަނައިބު އަދި މަޝްހޫޜުގެ ޤާނޫނީ ވަކީލު ހުސްނުއް ސުއޫދު ދެއްކެވި ވާހަކަފުޅުގެ ތަފްސީލް ސުޕްރީމް ކޯޓާއި ހިއްސާކުރަން ރިޔާސީ ކޮމިޝަނުން ދެކޮޅުހަދައިފިއެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޖޭ.އެސް.ސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދަށްކަވަމުން  ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ އަހްމަދު މާޖިދު ވިދާޅުވީ ކޮމިޝަނުން ދެއްކެވި ވާހަކަފުޅުގެ ތަފްސީލް މިމަހުގެ 06 ވަނަ ދުވަހުގެ ކުރިން ސުޕްރީމް ކޯޓާއި ހިއްސާކުރަން ސުޕްރީމް ކޯޓުން ކޮމިޝަނުގައި އެދިފައިވާނެކަަމަށާއި އެސިޓީގެ ޖަވާބު އިއްޔެ ކޮމިޝަނުން ސުޕްރީމް ކޯޓަށް ލިބިފައިވާ ކަމަށެވެ. މާޖިދު ވިދާޅުވީ އިއްޔެ ރިޔާސީ ކޮމިޝަނުން ފޮނުވި ސިޓީގައި ވަނީ ސްޕްރީމް ކޯޓުން އެދިފައިވާ މައުލޫމާތު ސްޕްރީމް ކޯޓާ ހިއްސާ ކުރެވެން ނެތްވާހަކަކަމަށެވެ..

ސުއޫދު ދެއްކެވި ވާހަކަފުޅުގެ ތަފްސީލް ހިއްސާ ނުކުރެއްވުމުން އެއީ އެކަށީގެންވާ ހެކި ހުރެގެން ދެއްކެވި ވާހަކަފުޅެއް ނޫންކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް މާޖިދު ވިދާޅުވިއެވެ. އަދި އެ މައުލޫމާތުތައް ހިއްސާ ނުކުރެއްވުމުގެ ސަބަބުން ސުއޫދުގެ އިހްލާސްތެރިކަމާއި މެދު ދިވެހި ރައްޔިތުންނާއި ޝަރުއީ ދާއިރާ އިން ސުވާލު އުފައްދާކަމަށްވެސް ވެސް މާޖިދު ވިދާޅުވިއެވެ.

Advertisement

“ތަފްސީލް ސުޕްރީމް ކޯޓާއި ހިއްސާ ކުރައްވަން އަލްއުސްތާޛް ހުސްނުއް ސުއޫދު އިންކާރު ކުރެއްވި ކުރެއްވުން އެއީ ރައްޔިތުންގެ މެދުގައި ވެސް އަދި އަޅުގަނޑުމެންގެ މެދުގައި ވެސް ސުވާލު އުފެދޭ ވަރުގެކަމެއްކަން ފާހަގަ ކުރަން. އެއީ ހަރުދަނާ އަދި ސާބިތު ހެކިތަކެއްގެ މައްޗަށް ރަނގަޅު އަސާސްތަކެއްގެ މައްޗަށް ބިނާކޮށް ދެއްކެވި ވާހަކަފުޅުތަކެއް ނަމަ އެކަންކަން ސުޕްރީމް ކޯޓާއި ހިއްސާ ކުރަން ދެކޮޅު ހައްދަވަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ. މައުލޫމާތު ހިއްސާ ކުރައްވަން އިންކާރު ކުރެއްވުމަކީ އެދެއްކެވި ވާހަކަފުޅު ތަކަކީ ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއްކަމާއި ރަނގަޅު ނިޔަތެއް ނެތި ދެއްކެވި ވާހަކަފުޅުތަކެއް ކަން ސާބިތުވެ ގަބޫލު ކުރެވޭ.” މާޖިދު ވިދާޅުވިއެވެ.

މާޖިދު ވިދާޅުވީ ހުރިހާ މުއައްސަސާތަކެއްގައިވެސް ރަނގަޅުކުރަންޖެހޭ ވަަރަށް ގިނަ ކަންކަން ހުރިކަމަށާއި، އަދި އެކަންކަން ހައްލު ކުރަން ޖެހޭނީ ހުރިހާ ފަރާތްތަކަކުން ގުޅިގެން ކަމަށެވެ.

އަދުލްއިންސާފު ގާއިމް ކުރުމަށްޓަކައި ހުރި މުއައްސަސާތަކުގައި ހުރުމަތަކާއި ގަދަރެއް ވެސް އޮންނަ ކަމަށާއި އެގަދަރާއި ހުރުމަތް ރައްކާތެރިކުރުމަށް ރައްޔިތުންނާއި މުއައްސަސާތަކުން ގަބޫލުކުރާ އަދި ބަލައިގަންނަ އުސޫލުތައް އެބައޮތް ކަމަށް މާޖިދު ވިދާޅުވިއެވެ.

ސުއޫދު ދެއްކެވި ވާހަކަފުޅަކީ ކޯޓުތަކުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި ބެލެވޭނެ ކަމަށާއި ނަމަވެސް މި ކަަމާމެދު ފިޔަވަޅު އަޅުއްވާނީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisements