ހުޅުމާލެ ފޭސް ދޭއްގެ، ފަރުކޮޅުފުށީގައި ނާސަރީއެއްގެ ގޮތުގައި ބޭނުންކުރާ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ، އަލިފާންގަނޑު ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ ފަރުކޮޅުފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 5:07 ހާއިރު ކަމަށެވެ. މައުލޫމާތު ލިބުމާއެކު ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ހުޅުމާލެ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް ފަރާތަކަށް އަނިޔާވެފައިނުވާ ކަމަށް އެންއެންޑީއެފުން މައުލޫމާތު ދެއެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

ފަހަކަށް އައިސް އަލިފާނުގެ އެކި ވަރުގެ ގިނަ ހާދިސާތައް ހިނގަމުން އަންނަކަން ފާހަގަ ކުރެވެއެވެ.