ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާއަށް ކަނޑައެޅުއްވި ދިވެހި ސަފީރާ ބައްސަލުކުރައްވައިފި

0
ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާއަށް ކަނޑައެޅުއްވި ސަފީރާ ބައްދަލުކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބުރާހިމް، އިންޑިއާއައް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢާއިޝަތު މުޙައްމަދު ދީދީއާ ބައްއްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އިންޑިޔާގައި ހުންނަވާ ދިވެހި ސަފީރުގެ މަޤާމަށް ޢާއިޝަތު މުހައްމަދު ދީދީ ރައްޔިތުންގެ މަޖިލީހުން ޢާއްޔަންކުރެއްވުމާ ގުޅިގެން އެކަމަނާއަށް މަރުޙަބާ ދަންނަވާފައެވެ. އަދި އެކަމަނާގެ ސަފީރުކަމުގައި ދިވެހި ރާއްޖެއާއި އިންޑިޔާއާ ދެމެދުއޮތް ޒަމާންވީ ގާތް ރަޙުމަތްތެރިގުޅުން ކުރިއަށްއޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި އިންޑިއާއިން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީއާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތަކާ ބެހޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރެއްވިއެވެ.

Advertisement

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ޙިއްޞާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިސް ކުރާގޭގައެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here