ދިވެހި ސިފައިންގެ އޮފިސަރެއް ކުއްލިގޮތަކަށް ނިޔާވެއްޖެ

0
މިއަދު ކުއްލިގޮތަކަށް ނިޔާވި ސިފައިންގެ އޮފިސަރ ކެޕްޓަން މުހައްމަދު ރާމިޒު

ދިވެހި އަސްކަރިއްޔާގެ ނޮތަން އޭރިއާގައި މަސައްކަތް ކުރަމުން ދިޔަ ސިފައިންގެ އޮފިސަރަކު މިއަދު ހަވީރުގެ ކަސްރަތު ޕްރޮގްރާމުގައި ހަރަކާތްތެރިވަމުންދަނިކޮށް ކުއްލިގޮތަކަށް ނިޔާވެއްޖެ އެވެ.

މިއަދު ނިޔާވެފައިވާ ސިފައިންގެ އޮފިސަރަކީ ދިވެހި ސިފައިންގެ ހިދުމަތުގައި އުޅުއްވާތާ 23 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކެޕްޓަން މުހައްމަދު ރާމިޒު، 48، އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ، ރާމިޒު ނިޔާވީ މިއަދު ހަވީރު ޕީ.ޓީއަށް ނުކުމެ ދުވަމުން ދަނިކޮށް، ކުއްލިއަކަށް ވެއްޓުމަށް ފަހު ކަމަށެވެ.

Advertisement

އެމްއެންޑީއެފުން މައުލޫމާތު ދިންގޮތުގައި ރާމިޒަށް ފަރުވާދިނުމަށް ވަގުތުން ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ނަމަވެސް، އޭނާ ނިޔާވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ރާމިޒަކީ ދިވެހި އަސްކަރިއްޔާގައި ދެމުންގެންދާ އަހުލާގީ މެޑަލް ތިންފަހަރު ލިބިފައިވާ ކެޕްޓަން ރޭންކުގައި ހުންނެވި ބޭފުޅެކެވެ. އޭގެ އިތުރުން ސިފައިންގެ ހިދުމަތުގެ މެޑަލްވެސް ރާމިޒަށް ވަނީ ލިބިފަ އެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިންގޮތުގައި ރާމިޒުގެ ހަށިގަނޑު މިރޭ މާލެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here