މާލޭ ރައްޔިތުންނަށް ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ހަދިޔާ ކުރެއްވި 15 ޓަނު ކަރަލާއި އިތުރަށް ހަދިޔާކުރި 15،000 ކާށި މާދަމާ ބަހަން ފަށަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން އެ ކައުންސިލްގެ އާއްމު ހިދުމަތްތަކާ ބެހޭ ބަޔަށް ދިއުމުން ކަރައާއި ކާށި ލިބޭނެ ކަމަށް މިއަދު ކުރި އިއުލާނެއްގައި މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ކަރައާއި ކާށި ބެހުން މާދަމާ ހެނދުނު ކުރިއަށް ދާނީ

  • 09:30 އިން 15:00 އަށް،
  • 21:30 އިން 00:00 އަށް.

އަދި ހޮނިހިރު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން 12:00 އަށް އަދި މެންދުރުފަހު 13:00 އިން 17:00 އަށެވެ.

މީގެ ކުރިންވެސް ޗަމްޕާ ބްރަދާސްއިން ވަނީ ޖުމުލަ 35،000 ކާށި މާލޭ ރައްޔިތުންނަށް ހަދިޔާ ކުރައްވައިފައެވެ.