ޕާކިސްތާނުގެ ހައިކޮމިޝަނަރ، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ އޮފީހަށް ކުރެއްވި ޒިޔާރަތަކީ ލިބިވަޑައިގެންނެވި ވަރަށްވެސް ބޮޑު ޝަރަފެއް ކަމުގައި ރައީސް މައުމޫނު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު މިހެން ވިދާޅުވެފައި ވަނީ އެމަނިކުފާނު ކުރައްވާފައިވާ ޓުވީޓެއްގައެވެ.

މިއަދު މައުމޫނުގެ އޮފީހަށް ޕާކިސްތާނުގެހައިކޮމިޝަނަރ ކުރެއްވި ދަތުރުފުޅުގެ ތެރެއިން.....ފޮޓޯ: ޓުވިޓާ މައުމޫން

ޕާކިސްތާނުގެ ހައިކޮމިޝަނަރ އެޗްއީ ވައިސް އެޑްމިރަލް ގިލާނީ، ކުރީގެ ރައީސް މައުމޫނުގެ އޮފީހަށް މިއަދު ކުރެއްވި ޒިޔާރަތުގެ ފޮޓޯތައް ހިއްސާ ކުރެއްވުމާއެކު ރައީސް މައުމޫނު ވިދާޅުވީ މިޒިޔާރަތްކުރެއްވުމުގައި ހައިކޮމިޝަނަރ، އެމަނިކުފާނާއެކު ދެއްކެވި ވާހަކަފުޅުގައި ޒަމާނުއްސުރެ ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮތް ގުޅުންތަކުގެތެރެއިން ގިނަކަންތައްތަކެއްގެ ވާހަކަފުޅު ދެއްކެވިކަމަށެވެ.

"ޕާކިސްތާނުގެ ހައިކޮމިޝަނަރ އެޗްއީ ވައިސް އެޑްމިރަލް ގިލާނީ، މިއަދު އަޅުގަނޑުގެ އޮފީހަށް ކުރެއްވި ދަތުރުފުޅަކީ އަޅުގަނޑަށް ވަރަށް ބޮޑު ޝަރަފެއް." ޓުވީޓުގައި މައުމޫނު ވިދާޅުވެފައިވެއެވެ.