ޕާރކިން ޒޯނުގައި ހުންނަ ސައިކަލްތައް ނަގާފައި އެތަނުގައި ކާރުތައް ޕާކު ކުރާ މައްސަލަ ހައްލުކުރަންޖެހޭ.

3

މިހާރަކަށް އައިސް، ސައިކަލް ތައް ޕާރކުކޮށްފައި ހުންނައިރު، ޓެކްސީ އަދި ޕްރައިވެޓް ކާރުތަށް ބޭއްވުމަށްޓަކައި، ސައިކަލްތައް ނަގާ އެހެން ދިމަ ދިމާއަށް ބަދަލު ކުރަމުންދާކަމެވެ. މިއީ މިހާރަކަށް އައިސް ވަރަށް ގިނައިން ދިމާވާކަމެކެވެ. ޚުދު އަޅުގަނޑުވެސް މިގެންދަނީ މިކަން ތަހައްމަލު ކުރަމުންނެވެ. ރޭގަނޑު ގެޔަށް ވަންނަނީ ސައިކަލް ޕާކް ކޮށްފައިއެވެ. ނަމަވެސް ހެނދުނު އޮފީހަށް ދާންވެގެން ސައިކަލް ހޯދާލާއިރު ބެހެއްޓި ތަނުގައި ނުހުރެއެވެ. ދެން ޖެހެނީ މުޅި ސަރަހައްދު ހޯދާށެވެ. އެކަމަށް އެތައްވަގުތު ތަކެއް ހޭދަ ވެއެވެ. ސައިކަލް ބެހެއްޓި ތަނުގައި ޓެކްސީ ނުވަތަ ކޮންމެވެސް ޕްރައިވެޓް ކާރެއް ނުވަތަ ލޮރީއެއް ބާއްވާފައި އޮވެއެވެ. މިކަން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ، މަޖީދީ މަގުގައެވެ.

މިކަން ހައްލުކޮށްދިނުމަށް އެކި ދުވަހު އެކި ފަހަރުމަތީން، ޓްރެފިކް ޕްލިހާ އަޅުގަނޑު ވާހަކަ ދެއްކީމެވެ. އެމީހުންގެ ވާހަކަ ވަރަށް ކުރުވެފައި އެހާ ސާފެވެ. އެމީހުން ބުނަނީ ތިކަމުގައި ކުރެވޭނެ ކަމެއް ނެތެވެ. އެއީ، ޕާރކު ކުރަން މަޖީދީ މަގުގައި ޕާކިން ޒޯންތަކެއް ކުރަހާފައި ނުހުރެއެވެ. އެހެން ކަމުން އެމީހަކު ބޭނުންތަނެއްގައި ޕާރކް ކުރެވޭނެކަމަށެވެ. ކޮންމެ އަކަސް މިއީ އެހާ ހިތްގައިމު ކަމަކަށް އަޅުގަނޑު ގަބޫލު ނުކުރަމެވެ. ސަބަބަކީ ކޮންމެ މީހަކުވެސް ވެހިކަލް ނުވަތަ ސަވާރީ ދުއްވަނީ އެއަށް ދައްކަން ޖެހޭ ފީއެއް ދައިގެން ކަމުގައިވާތީ، އެސަފާރީ ތަކަށްވެސް ކޮންމެވެސް ކަހަލަ ހިމާޔަތެއް ލިބިދޭން ޖެހޭނެކަމެވެ. ޕާކުކުރަންވީމަ އެތަނުގައި ހުންނަ އެހެން ސަވާރީތައް ނަގާ ދުރައް ލުމަކީ މިކަން އެގޮތަށް ވެގެން ވާނެކަމެއް ނޫނެވެ. އަދި ދުރުކޮށްލަނީކީވެސް ނޫނެވެ. އެހެން ދިމަ ދިމާއަށް ދުރަށް ގެންގޮސްފައި ބަހައްޓަނީއެވެ.

Advertisement

މިކަމަކީ ވަރަށް ގިނަ މީހުންނަށް ޚާއްސަކޮށް މަޖީދީ މަގުގައި ދިރިއުޅޭ ގިނަ ފަރާތްތަކަށް ދިމާ ވަމުންގެންދާ މައްސަލައެކެވެ. އެހެންކަމުން މިކަމަށް ހައްލެއް ބޭނުންވެފައިވާއިރު ، ތިމަ ތިމާމެންވެސް އަމިއްލަ އަޚުލާގާއި، ހަމަ އާއި އުސޫލަށް އަދި ގަވާޢިދާއި، ގާނޫނަށް އިހުތިރާމް ކުރުމަކީ ކުރަންޖެހޭނެކަމެކެވެ. އެއީ ތިމާ އާއި އަނެކުންގެ ފަސޭހަ އަކަށްޓަކައެވެ.

ސަވާރީތައް ޕާރކުކުރާނެ ވަކިތަނެއް ކަނޑައަޅައި، ބައިބައި ވަކިން އެނގޭ ގޮތަށް އުސޫލެއް ހަދާފައިވަނީ ސަވާރީތަށް ބޭނުން ކުރާ ފަރާތްތަކާއި، ހިނގާބިގާ އުޅޭ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން ކަން ޔަޤީނެއެވެ.

އުސޫލާއި ހަމައާއި، ގަވާޢިދާއި، ޤާނޫނާއި، ހަދާފައި ހުރި ކަމުގައި ވިޔަސް އެއަށް ޢަމަލު ނުކުރާނަމަ އެއިން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. އެކަން ކުރުމުގެ މަޤުސަދުވެސް ހާސިލް ނުވާނެ ކަމީ އެންމެން ހިތުގެ އަޑިން ޤަބޫލުކުރާ ކަމެކެވެ.

މިއީ، ހަގީގަތް ކަމުގައި ވިޔަސް ހިތާމައަކީ މިކަން ކަން ކުރުމުގައި އަހަރުމެން އިހުމާލުވާކަށެވެ. އުސޫލާ ހަމައަށް، ގަވާޢިދާ ޤާނޫނަށް އިހުތިރާމް ކުރުމުގައި ފަރުވާ ބަހައްޓަންވާ މިންވަރަށް ފަރުވާ ނުބަހައްޓާ ކަމެވެ.

Advertisements

3 COMMENTS

  1. ތިޔައީ ވަރަށް ބޮޑުވެފައިވާ ކަމެއް. ތިކަން ހައްލު ކުރުމަށް ސަރުކާރަށް ގޮވާލަން

  2. ހައްލެއް ބޭނުން. ކުރީ ރެއަކު މަގޭ ސައިކަލް ހޯދާ ހޯދާ ނުފެނިގެން ހީކުރީ ވަގަށް ގެންދިޔައީ ކަމަށް. ފެނުނީ ޖެހިގެން އޮތް މަގުގައި ހުއްޓާ . މިވަރު ބޮޑު ދޯ

Comments are closed.