ސިވިލްސާވިސް މުވައްޒަފުންގެ މުސާރައަށް ހެޔޮބަދަލެއް ގެންނަންޖެހޭ.

13

ރައްޔިތުންނަށް ގާތުން ޚިދުމަތް ދިނުމަށާއި، ރައްޔިތުން ބޭނުންވާ ކަންކަން އެންމެ ރަނގަޅަށް އެންމެ އަވަހަށް ކުރުމަށް މަސައްކަތް ކުރާނެ ވާހަކަ އާއި، ފުދުންތެރި ދިރިއުޅުމެއް ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމަށާއި، ޖީބަށް ފަސޭހަ ދިރިއުޅުމެއް އުޅުމުގެ މަގު ފަހި ކޮށްދޭނެކަމުގެ ވާހަކަ އަކީ، މީގެ އެތައް ދުވަސްތަކެއް ކުރިން ފެށިގެން އިވެމުންދާ އަޑުތަކެކެވެ. ޚާއްސަކޮށް އިންތިޚާބު ތަކާ ދިމާކޮށް މިކަހަލަ އަޑުތައް ގިނަވެއެވެ. އެންމެފަހުން ނިމިގެންދިޔަ އިންތިހާބުގައިވެސް މިވާހަކަ އަކީ ވަރަށް އަޑު ހަރުކޮށް ދައްކަމުން ގެންދިޔަ ވާހަކައެކެވެ.

ރިޔާސީ އިންތިޚާބު ނިމި، ރައްޔިތުން މަޖިލީހުގެ އިންތިޚާބު ބޯމަތި ވެގެން އަންނައިރުވެސް ، މި ވާހަކައިގެ އަޑު ނުކެނޑެއެވެ. ތެދެކެވެ. އުއްމީދީ ވާހަކަ ތަކެވެ. އުއްމީދީ އަޑުތަކެވެ. އެކަމަކަށް ބޭނުންވެފައިވާ ކަންކަމުގެ ވާހަކައެވެ. އެކަމަކަށް ބޭނުންވެ ބާރުބޮޑުވެ ފަތިކޮށައިގެން ދާކަމެކެވެ.

Advertisement

ރައްޔިތުން އަބަދުވެސް ބޭނުންވާނީ ލުއިފަސޭހަ ތަނަވަސް ދިރުއުޅުމަކަށްވާއިރު ، މިކަހަލަ ވާހަކަތަކުން ހިތްވަރު ލިބި އެފަދަ ވާހަކަތައް ދައްކާފަރާތްތަކަށް އިންތިޚާބު ތަކުގައި ވޯޓް ދެމުން ގެންދެއެވެ. ނަމަވެސް ހަގީގަތަކީ ކޮބާތޯއެވެ؟ އެކަމުގެ ނުވަތަ އެފަދަ ކަންކަމުގެ ޢަމަލީ މަސައްކަތް ކުރާތަނެއް ފެނިގެން ނުދާކަމެވެ.

ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގެ އެންމެ މުހިއްމު އެއްބަޔަކީ ސިވިލްސާވެންޓުންނެވެ. ދިމާވާ ކަންކަމުގައި ރިސްކްވެސް ނަގަން ޖެހެނީ އެމީހުންނަށެވެ. ހެނދުނު ފެށިގެން މެންދުރު ފަހު ރަސްމީ ގަޑި ނިމެންދެނެވެ. އެހެން ގޮތަކަށް ބުނާނަމަ މުޅި ދުވަސް އެއްކޮށް ހޭދަ ކުރަންޖެހިފައިވަނީ އޮފީހުގެ މަސައްކަތުގައެވެ. ރައްޔިތުންގެ ޚިދުމަތުގައެވެ. ސަރުކާރުގެ ޕޮލިސީތަކާ އެއްގޮތަށް ކަންކަން ކުރުމުގައެވެ. ނަމަވެސް އެމީހުން ކުރާ މަސައްކަތް ތަކާ އަޅާބަލާއިރު އެކަށޭނަ މުސާރަ އެއް ނުލިބޭ ކަމީ އެންމެންވެސް އެއްބަސްވާ އަދި އެވާހަކަ ދައްކާ ކަމެކެވެ. ނަމަވެސް ހަމަ އެކަނި ވާހަކައަކުން ފުއްދާ ލުމަށްވުރެ ބޮޑުކަމަށް ވާއިރު، މިކަން ހައްލުކުރުމަށް މަސައްކަތް ކުރާތަނެއް ނުފެންނަތާ، އިތުރުގަޑިވެސް ނުދެއެވެ. އިތުރުގަޑި ލިބެނީވެސް އެތަކެއް ތަކުލީފެއް އުފުލައިގެން އެތަކެއް ކަންކަން ކޮށްގެންނެވެ. މިހެން މިކަން އޮތް އިރު، މި ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި، އިރުގަޑީގެ މަސައްކަތް ލިމިޓް ނުކުރާނޭކަމަށްވަނީ ބުނެފައެވެ. އަދި ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި މިވާހަކަވެސް ވަރަށް އަޑު ހަރުކޮށް ކިޔަމުން ގެންދިޔަ ހަނދާން އެބަހުއްޓެވެ.

ސިވިލްސާވިސް މުވައްޒަފުންގެ އިސްމަޤާމުތަކަށް ބަލާއިރު ޑިރެކްޓަރަކަށްވެސް ބޭސިކް މުސާރައެއްގެ ގޮތުގައި ގާތްގަނޑަކަށް ލިބެނީ 10،000 ރ އެވެ. އެންމެ ދަށް ފަންތީގެ މުވައްޒަފުންގެ ތެރެއިން މަސައްކަތު މީހުންގެ ވަޒީފާގެ މުސާރަ ގާތްގަނޑަކަށް ބޭސިކް މުސާރައަށް 5000 ރުފިޔާ ނުލިބެއެވެ.  މުސާރައިގެ ގޮތުގައި ލިބޭ މިންވަރަށް ބަލާއިރު، ދިރިއުޅުމުގެ އެންމެ އާދައިގެ ކަންތައްތައްވެސް ފުއްދާލެވޭ ވަރެއް ނުވެއެވެ. މުވައްޒަފުންގެ ހޭދަ ކުރަންޖެހޭ މިންވަރާއި، ތަކެތީގެ އަގަށް ބަލާއިރު ލިބޭ އެއްޗަކުން ދެކޮޅު ނުޖެހެއެވެ. މަސް ނިމޭއިރު ކޮންމެވެސް މީހަކަށް އޮންނީ ދަރާފައެވެ.

ކަންތައް މިހެން ހުރި އިރު މުވައްޒަފުންގެ ގުރުބާނީ ތަކާއި އެމީހުންގެ އިހްސާތަކަކީ، ވަރަށް މުހިއްމު އެއްޗެކެވެ. ޚިދުމަތް ދިނުމުގައި އެމީހުންގެ ވަގުތާއި، އެނާރޖީ އަދި ހުރިހާ ކަމަކަށް ބަލާއިރު، ސިވިލްސާވެންޓުން އުޅެމުން ގެންދަނީ ވަރަށް ނިކަމެތި ހާލެއްގައެވެ. ކޮންމެ މީހަކުވެސް އޮފީހުގެ ރަސްމީ ވަޒީފާއިން ލިބޭ ކުޑަ ކުޑަ މުސާރައިން ނުފުދިގެން ، އެހެން ތަންތަނަށް މަސައްކަތު ދިއުން މަޖުބޫރު ކުރުވައެވެ. އެހެން ކަމުން ދުވަހުގެ މަސައްކަތް ނިންމާ ގެޔަށް ދެވޭއިރު ހުންނަނީ ރޭގަނޑު 11 ނުވަތަ 12 ޖަހާފައެވެ. ކޮބާތޯ ދަރިންގެ ކަންތައް، ކޮބާތޯ ފިރި މީހާ ނުވަތަ އަނބިމީހާގެ ކަންތައް ކޮބާތޯ އެހެނިހެން ކަންތައްތައް . ދިރު އުޅުމުގައި ހަމައެކަނި ކުރަންޖެހޭ ކަމަކީ ވަޒީފާއަށް ދިޔުންތޯ ވެސް ސުވާލު އުފެދެއެވެ. ޗުއްޓީއެއް އަރާމެއް ނެތި ބުރަ މަސައްކަތުގައި ސިވިލްސާވެންޓުން ވަމުންދާ ޤުރުބާނީ އަކީ އަނގައިން ބުނެލާ ބުނެލުމަކުން ފުއްދާލެވޭނެ ކަމެއް ނޫނެއެވެ. އެމީހުންވެސް އެމީހުންގެ ހައްގުތައް ހޯދުމުގައި އެމީހުންގެ ކަންކަމާއިގެން ކުރިއަށް ދިޔުމަށް ކުރިޔަށް ނުކުތުމަށް މަސައްކަތް ކުރަން ވެއްޖެއެވެ. ހަމަ އެފަދައިން ސިޔާސީ ފަރާތްތަކުންވެސް އެމީހުންގެ ވަޢުދުތަށް ފުއްދުމުގައި ފަރުވާތެރިވާން އެބަޖެހެއެވެ. ނޫނީ އެވާހަކަ އަބަދު އަޑުއަހައިގެން ގިސްލަ ގިސްލާ ތިބުމަކީ ނާދިރު ކަމެއް ކަމުގައި ވެދާނެއެވެ. ސިވިލްސާވެންޓުގެ މުސާރަ ކުޑަ ވާހަކަ ދައްކާއިރު ސިޔާސީ މަޤާމުތަކުގެ މުސާރަ ވަރަށް ބޮޑެވެ. އަދި އެމީހުން ކުރާ މަސައްކަތާއި އެމީހުންނަށް ލިބޭ މިންވަރަކީ، ސިވިލްސާވެންޓުންނަށްވެސް ވަރަށް ފަރިތަ އެނގޭކަމެކެވެ. އެހެންކަމުން މިކަމާމެދު ކަމާބެހޭ ފަރާތްތަކުން އިތުރަށް ވިސްނާ ހައްލެއް ހޯދައި ދޭންޖެހެއެވެ.

Advertisements

13 COMMENTS

 1. ދައްތާ، ދައްތާ، ކޮށްކޯ ކޮށްކޯ، ބޭބޭ ބޭބޭ ބުނަންތަ. ސަރުކާރުން ވަޢުދު ފުއްދަން މަސައްކަތް ކުރޭ ، އެކަމަކު ތިކަމަށް ހައްލު ހޯދަން އުނދަގޫ

 2. އިތުރު ގަޑީގެ ވާހަކަ ލިޔެފައި އޮތް އިރު މުޅިން އެވާހަކަ ރަނގަޅެއް ނޫން. ސަރުކާރުގެ ގިނަ އޮފީސްތަކުން ދޭ. އެކަމަކު ބައެއް އޮފީސް ތަކުން ތިކަން އުނދަގޫވާނެ.

 3. ސަރުކާރުން އޮތީ އިތުރުގަޑި ދޭން ނިންމާފައި، އެކަމަކު ބައެއް ޕާރމަނަންޓް ސެކްރެޓަރީން އެއްބާރުލުން ނުދެނީ، އަދިވެސް ޔާމީނާ އެކު ސަކަރާތްޖެހި ބައެއް ޕާމަނަންޓް ސެކްރެޓަރީންނަށް އެބަތިބި. ބޭރުކޮށްލަން ގޮވާލަން

 4. މުސާރަ ބޮޑުކުރަންޖެހޭ. ހުރިހާ މަސައްކަތެއް ކުރަނީ އެމީހުން. ސިޔާސީ މީހުންގެ ކަމަކީ މީޓިންގ މީޓިންގ ބޭއްވުން. ދެން ގާތްތިމާގެ މީހުންނަށް ވަޒީފާ ދިނުން

 5. ސިވިލް ސާވިސް އިސްލާހު ކުރަންޖެހޭ. ޝަމީމް ބޭރުކޮށްލަން ޖެހޭ

 6. miliumugai mivanee hama hageegee vaahaka thakeh thi shameem ah miliun fenigen adhi hithakah asareh nukuraane.eyna eyna lahvaa ehdhuvahu massahkathu meeheh ge vazeefaa adhaa kuruvaafa burakashin han dhuhvaalan vee

 7. ކަލޯ ގައުމުގެ ކަންކަން ހިންގަނީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން. މާ ކުރެވޭ ބަޔަކަށް ހެދިގެން އުޅެނީ ހަރާމް ވާ އެއްަމެއްވެސް. އެނގޭހާ ކަމަކީ އެހެން މީހުންގެ ބޮލުގައި ކަންކަން އަޅުވައިގެން ޒާތީވުން. މީހުންގެ ވިސްނުން އަބަދުވެސް އެހެން ދިމާ އަކަށް ގެންދިޔުން

 8. ބަލަ ގޮޔޭ ސިވިލް ސާވެންޓުން ތިބެނީ ހައްދާފައި، ރައްޔިތު މީހާވެސް ހައްދާފައި . އަތްޖަހަން ތިބޭ

 9. ސިޔާސީ މީހުންގެ މުސާރަ ބޮޑު، ޑިރެކްޓަރ ޖެނެރަލުންނާއި، އިސްމަގާމްު ތަކުގައި އުޅޭ މީހުން ގެޔަށް ގެންދަން ވަރަށް ލިބޭ. އެކި ނަން ނަމުގައި ފައިސާ ބޯކޮށް ލިބޭ. ދެން ކީއްކުރައް ނިކަމެތި މީހާ

 10. މުޅިންދައްކަނީ ފުލޯކު ވާހަކަ ބޭނުން ނިމުނީމާ ހަދާންނެތުނީ ވެރިކަން ލިބިއްޖެ ނުން

 11. ޝަމީމު ހުއްޓަކާތިކަމެއްނުވަނެ . ޔާމީނުގެ ސަރުކާރުންވެސް މުސާރަ ބޮޑުކރީ ދޯ ؟؟ އެގޮތަން ނަމެއްގެ ގޮތުގައި މުސާރ ބޮޑުކޮށްދީ ޔަމީނުގެ ސަރުކާރުން އެންމެ ބޮޑަށް މަސައްކަތްކުރާ މމުވައްޒފުންނަށް މުސާރަބޮޑުކުރާނަމޭބުނެ 700ރުފިޔާ މިސަރުކާރުން 500 އެވަރު ރަގަޅުދޯ ؟؟؟؟؟؟؟؟؟؟

Comments are closed.