މާލޭގެ އުސްފަސްގަނޑު ސަރަހައްދާ ދިމާ ބޭރު ކަނޑުގެ ސަރަހައްދުގައި ހަވާ އެރުވުމަށް ވަނީ ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ހަވާއަރުވަން ހަމަޖެހިފައިވަނީ މިރޭ 21:00ގައިކަމަށެވެ.

މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިޔަށްގެންދާ މި ހަރަކާތެއްކަމަށެވެ.

މި ހަރަކާތް ކުރިއަށް ދާނީ 3 މިނެޓެއްހާއިރުއެވެ.