ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން، މި އަހަރުގެ ކުޑަކުދިންގެ ދުވަހަށް ހާއްސަކޮށްގެން ކުޑަކުދިންނަށް ހާއްސަ ކުރެހުމުގެ މުބާރާތެއް ހުޅުވާލައިފިއެވެ. ރާއްޖޭގައި ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10 ވަނަ ދުވަހުއެވެ.

ތިން އުމުރުފުރާއަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ކޮންމެ އުމުރުފުރާއަކުންވެސް އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

މުބާރާތުގައި ބައިވެރި ވެވޭނެ އުމުރުފުރާ ތަކަކީ:

  • ހަ އަހަރުން ދަށް
  • ހަތް އަހަރާއި 11 އަހަރާ ދެމެދު
  • 12 އަހަރާއި 16 އަހަރާ ދެމެދު

ކުރެހުން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 10 ވާ ބުދަ ދުވަސް ކަމުގައި އެކުންފުނިން ވަނީ ބުނެފައެވެ.

އެސްޓީއޯ އިން ބުނެފައިވަނީ މި މުބާރާތަށް ހުށަހަޅާ ކުރެހުންތައް ފޮނުވާނީ [email protected] އަށް ކަމަށް އެސްޓީއޯއިން ބުނެފައިވަނީ މުބާރާތާ ގުޅޭ އުސޫލު އެ ކުންފުނީގެ ވެބްސައިޓުގައި ޝާއިއުކުރެވިފައިވާ ކަަމަށެވެ.