ރާއްޖެގެ ފުރަތަމަ އެއާރލައިން ކެޕްޓަން އިބުރާހިމް ރަޝީދު ރިޓަރޔަވުުމުގެ ކުރިން މިއަދު އެމަނިކުފާނުގެ އެންމެ ފަހު ފުލައިޓް ދަތުރުގެ މިއަދު ކުރައްވައިފިއެވެ.

40 އަހަރުގެ އުދުހުމަށް ފަހު މިއަދު ކެޕްޓަން ރަޝީދު ރިޓަރޔާވުމުގެ ކުރިން ކުރާ ފަހު ދަތުރު އެ ކުރައްވަނީ އެއާރލައިން ޓުރާންސްޕޯޓް ޕައިލެޓް ލައިސަންސް 001 ނަންބަރު އަތުގައި އޮވެމެއެވެ.

''ހަލި ނިއުސް''އަށް މައުލޫމާތު ދެއްވަމުން އުމުރުން 65 އަހަރުގެ ކެޕްޓަން ރަޝީދު ވިދާޅުވީ އެންމެފަހުން އެމަނިކުފާނު ދަތުރުކުރެއްވީ ފުލައިޓަކީ ވިލާއެއާކަމަށާއި އަދި ދަތުރުކުރެއްވީ މާމިނގިލިން މާލެއަށް ކަމަށެވެ. އަދި އެންމެފަހު ވަގުތުގައި އާއިލާ މީހުންގެ އިތުރުން އެއާޕޯޓުގައި މަސައްކަތްކުރާ އެތައްބައިވަރު މީހުންނެތް ކައިރީގައި ތިބިކަމީ ވަރަށް އުފާވިކަމެއް ކަމުގައިވެސް ކެޕްޓަން ރަޝީދު ވިދާޅުވިއެވެ.

ކެޕްޓަން އިބްރާހިމް ރަޝީދަކީ ކޮމާޝަލް ޕައިލެޓް ލައިސެންސް ހޯދި އެންމެ ފުރަތަމަ ދިވެއްސެވެ. ކެޕްޓަން އިބުރާހީމް ރަޝީދު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ 1983 ވަނަ އަހަރު އެއާރ މޯލްޑިވްސްގައެވެ. މީގެ އިތުރުން ރާއްޖޭގެ ދިފާއި ވުޒާރާ އާއި އައިލެންޑް އޭވިއޭޝަން އަދި މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮޓޯރިޓީގެ އިތުރުން ވިލާ އެއާރގައިވެސް މަސައްކަތްޕުޅު ކުރެވިއެވެ.