މީސް މީޑިއާގައި، ދިވެހި އަންހެނަކު އަމިއްލައަށް އޭނާގެ ބަރަހަނާ ފޮޓޯ ނަގައި އާންމުކޮށް އެ ފޮޓޯތައް ވިއްކާ މައްސަލައެއް ފުލުހުންނަށް ލިބިފައިވާތީވެ އެމައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދިވެހި އެ އަންހެން މީހާ ދަނީ ބަރަހަނާ ފޮޓޯތައް ނަގައި މީސް މީޑިއާގެ އެކި ވަސީލަތްތަކުގައި އާންމު ކުރަމުންނެވެ. އޭގެ ތެރޭގައި އިންސްޓަގްރަމް އާއި ޓުވިޓާ ފަދަ ދިވެހިން އާންމުކޮށް ބޭނުން ކުރަމުން އަންނަ މީސް މީޑިއާގެ ވަސީލަތްތަކުގައި މިއަންހެންމީހާ ދަނީ އޭނާގެ ފޮޓޯތައް އާންމުކޮށް ވިޔަފާރިއެއްގެ ގޮތުގައިވެސް ބޭނުންކުރަމުންނެވެ.

ބެލެވޭ ގޮތުގައި އަންހެން މީހާ ހުރީ ރާއްޖޭގައެވެ ސަބަބަކީ އޭނާ ރާއްޖޭގެ ބައެއް ރަށް ރަށުގައި ހުރެގެން ނަގާފައި ހުރި ފޮޓޯތައް މީސް މީޑިއާގައި ވަރަށް ގިނައިން އާންމުކޮށްފައި ހުންނާތީއެވެ.

އޭނާގެ އަމިއްލަ މި ބަރަހަނާފޮޓޯތައް ވިއްކައިގެން އެ އަންހެން މީހާ އާމްދަނީ ވެސް ހޯދާ ކަމަށްވެއެވެ.

މާލޭގެ އެކި ހިސާބުތަކުގައި އަންހެނުން، އާންމު މީހުންނަށް އެނގުނަސް ވަރިހަމަ ގޮތަކަށް ހަށިވިއްކުމަކީ މިހާރު އާންމުވަމުން އަންނަ އަދި ފިޔަވަޅު ނޭޅި އޮތް ކަމެކެވެ. ހާއްސަކޮށް މާލެސިޓީގެ މާވެޔޮމަގަކީ ދިވެހިންގެ ތެރޭގައި ވެސް އަދި ބިދޭސީންގެ މެދުގައިވެސް މަޝްހޫރު މާލޭގެ"ރެޑްލައިޓް"އޭރިއާ ނުވަތަ ބެންކޮކްގެ ނަމުން މަޝްހޫރުވެފައިވާ މަގެކެވެ.