ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް އިޒްރޭލަށްވެސް ނުހޮރޮއްޕާން ކުރުމުގައި ކާމިޔާބު ވެދާނެ ކަން އިސްލާމީ ޖިހާދުން ވަނީ ސާބިތުކޮށްދީފައެވެ. މިސްރުވެރި ވެގެން ކުރިއަށް ގެންދިޔަ ސުލްހައިގެ މަސައްކަތަށް އިޒްޜޭލުން އާނބަސް ބުމުން އިސްލާމީ ޖިހާދާއި ގުޅިފައިވާ ޕާޓީތަކުން ވަނީ އާނބަސް ބުނެފައެވެ. ރޭ 10ން ފެށިގެން ހަމަލަތައް ހުއްޓާލުމަށް އިޒްރޭލުން އެއްބަސްވުމާއެކު އިސްލާމީ ޖިހާދުންވެސް ވަނީ އެކަމަށް އެއްބަސްވެފައެވެ. އެހެންނަމަވެސް އިސްރޭލުން ފަލަސްތީނުގެ މަދަނީންނަށް އަމާޒުކޮށް ހަމަލަތައް ދޭން ފަށައިފިނަމަ އަދި ފަލަސްތީނު މީހުން ޝަހީދު ކުރުމަށް ހަމަލަތައް ދީފިނަމައަލުން ހަމަލަ ދޭނެ ކަމުގެ އިންޒާރު ޖިހާދުން ވަނީ ދީފައެވެ.

މިފަހަރު ބޭނުން ކުރިއ ެންމެ ވަރުގަދަ އެއް ރޮކެޓަކީ ބުރާގު ރޮކެޓެކެވެ. މި ބުރުގެ ހަމަލަތަކުން ދައްކައި ދެނީ ފަލަސްތީނުގެ މުޖާހިދުން އިޒްރޭލާ ދެކޮޅަށް ދޭ ހަމަލާތައް ފަހަރަކަށް ވުރެން ފަހަރެއް ވަރުގަދަ ވެފައި ބިރުވެރި ކަމެވެ.،

މިފަހަރުގެ ހަމަލަތައް އިޒްރޭލާ ދެކޮޅަށް ދީފައި ވަނީ އިސްލާމީ ޖިދާދު އިސްވެ އޮވެގެން އެހެން ޖަމާއަތްތަކާއެކު ހަމަލަތައް ވިލަރެސް ކުރަމުންނެވެ.

މިއީ މަތިންދާބޯޓިތަކާ ދެކޮޅަށް ބޭނުން ކުރާ ރޮކެޓްތަކާއި ދުރަށް ފޯރާވަރުގެ ރޮކެޓް ބޭނުން ކުރި ފަހަރެވެ. އިސްލާމީ ޖިހާދުން ވަނީ 1234 ރޮކެޓް ޣައްޒާއިން ފޮނުވާފައެވެ. އެއިން 976 ރޮކެޓް ޒަޔަނިސްޓުންގެ ސިޓީތަކަށް ފޯރާފައި ވެއެވެ. އޭގެ ތެރޭގައި ޣައްޒާ ކައިރީގައި ޒަޔަނިސްޓުން ވަޒަންވެރިކޮށްފައިވާ ކިބުތުތަކަކަށާއި އަސްގަލާނާއި ސިދްރޯތު އަދި ޓެލްއަވީވް ހިމެނެއެވެ.