ހަކަތައިގެ ދާއިރާއިން ޕްރޮޕޯސަލް ހުށަހެޅުމަށް ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްޞަކޮށްގެން ބައްދަލުވުމެއް ފަށައިފި

0

“ގްރީން ކްލައިމެޓް ފަންޑް” (ޖީ.ސީ.އެފް) އަށް އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕްރޮޕޯސަލް ހުށަހެޅުމަށް ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްޞަކޮށްގެން މަސައްކަތު ބައްދަލުވުމެއް މިއަދު ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ފަށައިގެން ކުރިއަށް އެބަދެއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަނެވެ. މި މަސައްކަތު ބައްދަލުވުމަކީ މިނިސްޓްރީ އޮފް އެންވަރަންމަންޓާއި އިންޓަރނޭޝަނަލް ރިނުވަބަލް އެނަރޖީ އޭޖެންސީ (އައިރީނާ) އާއި ޖަޕާނުގެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ގުޅިގެން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ކުދި ޖަޒީރާ ޤައުމުތަކުން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ޖީސީއެފަށް ހުށަހަޅާ ކޮންސެޕްޓް ނޯޓްތަށް ތަރައްޤީކުރުމާއި އަމިއްލަ ވިޔަފާރިތަކުން މި ދާއިރާއަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރުމަށް ބާރުއެޅުމާއި އަދި މިފަދަ މަސައްކަތްތަކުން ލޯ ކާބަން ތަރައްޤީއަށް އެހީތެރިވެދިނުމެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ އިތުރުން 12 ޤައުމަކުން 22 ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

Advertisement

މި ބައްދަލުވުން ކުރިއަށްދާނީ މި މަހުގެ 28 އިން 30 އަށެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here