ޔުއެފާ ޗެމްޕިއަންސް ލީގް ސެމީގެ ދެވަނަ ލެގުގައި ރޭ ވާދަވެރި އޭސީމިލާން 0-1 އިން ބަލިކޮށް ދެލެގުގެ އެގްރިގޭޓުން 3-0 އިން ކުރި ހޯދައި އިންޓަމިލާން ފައިނަލުގެ ފުރަތަމަ ޖާގަ ޔަގީން ކޮށްފިއެވެ.

އިޓަލީގެ މިލާނަށް ނިސްބަތްވާ ބޮޑު މިދެކްލަބުގެ ކުރިމަތިލުމުގައި ހަމައެކަނި ލަނޑު ލަނޑު ރޭ ޖެހީ މެޗުގެ 74 ވަނަ މިނެޓުގައި އާޖެންޓީނާ ގައުމީ ޓީމުގެ ފޯވާޑް ލައުރާޓޯ މާޓިނޭޒެވެ.

މެޗުގެ އުސްއަލިތަކުގެ ލިންކް:

https://webstories.sonyliv.com/stories/6463d34de38dd8e815225b53/Story_evgHfyXzS.html

ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ކުރީކޮޅު ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް މިލާނުގެ އިބްރާހިމް ޑިއަޒްއަށް ލިބުނެވެ. އޭނާ ފޮނުވާލި ހަމަލާގެ އިންޓަގެ ކީޕަރު އޮނާނާ ދިފާއު ކުރީއެވެ.

މިއީ ފާއިތުވެދިޔަ 50 އަހަރު ތެރޭގައި އިންޓައަށް ޗެމްޕިއަންސް ލީގް ފައިނަލުން ފުރުސަތު ހޯދުނު 2 ވަނަ ފަހަރެވެ. އެންމެފަހުން ޗެމްޕިއަންސް ލީގް ފައިނަލުގައި އިންޓަ ކުޅެފައި ވަނީ 2009/10 ސީޒަނުގައެވެ. ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން އެފަހަރު ސެމީގައި ވަރުގަދަ ބާސެލޯނާ ކަޓުވާލުމަށްފަހު ފައިނަލުގައި ޖަރުމަނުގެ ބަޔާން މިޔުނިކް ބަލިކޮށް ޗެމްޕިއަންކަން ހޯދީވެސް އިންޓައެވެ.

ޗެމްޕިއަންސް ލީގް 7 ފަހަރު ކާމިޔާބު ކޮށްފައިވާ އޭސީމިލާނަށް އެންމެފަހުން ފައިނަލުން ފުރުސަތު ހޯދިފައި ވަނީ 2007 ވަނަ އަހަރުއެވެ. އެފަހަރު ލިވަޕޫލް ބަލިކޮށް މިލާނުން ޗެމްޕިއަންކަން ހޯދިފަހުން މިލާނަށް ޗެމްޕިއަންސް ލީގް ފައިނަލަށް ދެވިފައެއް ނުވެއެވެ.

މިއީ މިސީޒަނުގައި އިންޓަމިލާން އަތުން އޭސީ މިލާން ބަލިވި 4 ވަނަ މެޗްކަން ފާހަގަ ކޮށްލެވެއެވެ.

ސެމީގެ ދެވަނަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި މެންޗެސްޓަރ ސިޓީ މިރޭ ބައްދަލު ކުރާނެއެވެ. މިމެޗް ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރުއެވެ.