ޏ.ފުވައްމުލަކު ފަޔަރ ސްޓޭޝަނުން، ބްރައިޓްވޭ އިންޓަރނޭޝަނަލް ފުވައްމުލައް ސްކޫލުގެ ސްޓަރ ދަރިވަރުންނަށް ފަޔަރ އެވެއަރނަސް ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްއިން މިއަދު ހެނދުނު ކުރިއަށް ގެންދިޔަ މި ކުލާހުގައި އެ ސުކޫލުގެ 62 ސްޓަރ ދަރިވަރުން ބައިވެރިވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވި ގޮތުގައި ފަޔަރ އެވެއަރނަސް ކުލާހުގައި ކިޔަވައިދެވުނު ބައިތަކުގެ ތެރޭގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ އިތުރުން ފަޔަރ ބްލޭންކެޓާއި ފަޔަރ އެކްސްޓިންގުއިޝަރ ބޭނުން ކުރާނެ ގޮތްތައް ވަނީ ކިޔައިދީފައެވެ.

މި ކުލާހުގައި ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ މި ދާއިރާއިން ތަޢުލީމާއި، ތަމްރީނާއި، ތަޖުރިބާ ހޯދާފައިވާ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ޏ.ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ސިފައިންނެވެ.