މޯލްޑިވެސް މީޓިއޮރޮލިޖިކަލް ސާރވިސް(މެޓް) އިން، ބޯކޮށް ވާރޭވެހި ގުގުރާނޭ ކަމަށް ލަފާކޮށް ބައެއް ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.

ހުދުސަމާލު ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށެވެ.

އެލާޓު ނެރެފައިވަނީ ހެނދުނު 10:00 އިން ފެށިގެން މެންދުރު 13:00 އަށެވެ.

މިދިޔަ މަހާ މިމަހު ކުރީ ދުވަސްވަރަކީ ރާއްޖޭގެ އެކިކަންކޮޅުތަކަށް ވިއްސާރަ ކަނޑުގަދަ ދުވަސްވަރެކެވެ. އަދި ވިއްސާރަ ދުވަސްވަރު ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކުރައްވާފައެވެ. ނަމަވެސް މި ދިޔަ ހަތަރުވަރަކަށް ދުވަހު ރާއްޖޭގެ އުޑުމަތި ސާފުވެފައި ކަނޑު މަޑެވެ.