އެމެރިކާގެ ރައީސް ޖޯ ބައިޑެން ޖަޕާނުގެ ހިރޯޝިމާގައި ތިން ދުވަސް ހޭދަ ކުރައްވައިފިއެވެ.

އެމެރިކާއިން އެޓޮމިކް ބޮމެއް އެޅުމަށްފަހު ހަނގުރާމައިގެ ޖަރީމާއެއް ހިންގައި 1 ލައްކަ 40 ހާސް މީހުން އެއް ނޭވާއެއްގައި މަރާލައި ތިން ޖީލެއްގެ މީހުންގެ ނަސްލު ހަލާކުކޮށްލި ގަތުލުއާންމު ހިންގި ބިމުގައި 3 ދުވަސް ހޭދަ ކުރިއިރު މައިގަނޑު މައުޟޫއަކަށް ވެފައި އޮތީ ރަޝިޔާގެ ރައީސް ޕޫޓިންއެވެ.

އެމެރިކާއިން ހިންގާފައިވާ ޖަރީމާއާ އަޅާ ބަލާއިރު ޕޫޓިންގެ ފާފަ އަކީ ކުޑަ މިންވަރެކެވެ.

އެމެރިކާއަކީ އިރާގާއި އަފްޣާނިސްތާނާއި އަދި އޭގެ ކުރިން ވިއެޓްނާމާއި ކެމްބޯޑިއާއި، ލާއޮސްގައިވެސް ހަނގުރާމަިއގެ ޖަރީމާތައް ހިންގި މުޖުރިމު ގައުމެވެ.

އިޒްރޭލުގެ ޒަޔަނިސްޓް ސަރުކާރު ދެމެހެއްޓުމަށް ވާގި ވެރި ވަނީވެސް އެމެރިކާއިންނެވެ.