ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލާގައި، ގދ ތިނަދޫން ހައްޔަރުކުރި މީހާގެ ބަންދަށް 5 ދުވަސް ޖަހައިފި އެވެ.

މި ހަފުތާގެ އާދީއްތަ ދުވަހު، ގދ ތިނަދޫގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލަ ދީފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. މިމީހާއަށް ހަމަލަދިން މައްސަލައިގައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.

ހާދިސާގައި އަނިޔާވެ ޒަހަމްވި މީހާއަށް ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ.

ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.