އަޔާދީ ތަކާފުލްގެ ބައިވެރިންނަށް ފައިދާ ބަހަން ނިންމައިފި

0
އަޔާދީ ތަކާފުލްގެ ބައިވެރިންނަށް ފައިދާ ބަހަން އެ ކުންފުނިންވަނީ ނިންމާފައި

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލްއިން 2017 ވަނަ އަހަރު ފޯރުކޯށްދީފައިވާ ތަކާފުލްގެ ޚިދުމަތްތައް ހޯދާފައިވާ ތަކާފުލްގެ ބައިވެރިންގެ ފަންޑަށް ލިބިފައިވާ ފައިދާ ބެހުމަށް އެ ކުންފުނިން ނިންމައިފި އެވެ.

އަޔާދީ ތަކާފުލްގެ ބައިވެރިންގެ ފަންޑުން ފައިދާ ބެހުމަށް ހަމަޖައްސާފައިވަނީ 2017 ވަނަ އަހަރު ތަކާފުލް ޚިދުމަތްތައް ނަގާފައިވާ ކަސްޓަމަރުންގެ ތެރެއިން އެއަހަރު ބަދަލު ހޯދުމަށް އެދިފައި ނުވާ ފަރާތްތަކުގެ މެދުގަ އެވެ.

ފައިދާ ބަހާނީ ކަނޑައެޅިފައިވާ އުސޫލުގެ މަތިން ކަސްޓަމަރު ދައްކާފައިވާ ޖުމްލަ ފައިސާއަށް ނިސްބަތުންޖެހޭ އަދަދެއް ކަމަށްވެސް ވަނީ މައުލޫމާތު ދީފަ އެވެ.

Advertisement

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަޔާދީ ތަކާފުލްގެ މެނޭޖަރު ފާތިމަތު ނިޒްމާ ވިދާޅުވީ މިއަދުން ފެށިގެން މާޗް 31ގެ ނިޔަލަށް ފައިދާ ހޯދުމަށް އެދި ފޯމް ހުށަހެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

މި ފޯމު އަޔާދީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަން ފާހަގަކުރައްވަމުން ނިޒްމާ ވިދާޅުވީ ފޯމް ބަލައިގަންނާނީ އަޔާދީ ތަކާފުލްގެ ކަސްޓަމަރ ފްރަންޓް އޮފީހުން ކަމަށެވެ. އަދި ކޮންމެ ބޭފުޅަކަށްވެސް ލިބުނު ފައިދާގެ މިންވަރު އޭޖެންޓް 1600 މެދުވެރިކޮށް ބެލޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށްވެސް ނިޒްމާ ވިދާޅުވި އެވެ.

2017  ވަނަ އަހަރު އަޔާދީ ތަކާފުލްގެ ބައިވެރިންނަށް ލިބިފައިވާ ފައިދާ ގާތްގަނޑަކަށް 2000 ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެކުންފުނިން މައުލޫމާތުދެ އެވެ.

Advertisements