އިންޑިއާ އިން ބަޖެޓް ސަޕޯޓަށް 50 މިލިއަން ޑޮލަރު ދީފި

0
މި ސަރުކާރުން ހިންގާ ތަރައްޤީގެ ޕްރޮޖެކްޓްތަކަށް އެހީތެރިވެދިނުމަށް އިންޑިއާއިންވަނީ ނިންމާފައި

އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރުގެ ބަޖެޓް ސަޕޯޓުގެ ގޮތުގައި ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފިއެވެ.
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ, އެ ފައިސާއަކީ މިދިޔަ ޑިސެމްބަރުމަހު ރައީސުލްޖުމްހޫރިއްޔާ އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖެއަށް ދިނުމަށް އިންޑިއާއިން އެއްބަސްވެފައިވާ ފައިސާގެ ތެރެއިން ބަޖެޓް ސަޕޯޓްގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ފައިސާކަމަށެވެ. އެގޮތުން މި 50 މިލިއަން ޑޮލަރު، މިއަހަރު ޖެނުއަރީމަހު ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ދިވެހި ފައިސާއިން ނަމަ 771 މިލިއަން ރުފިޔާއެވެ.

އިންޑިއާ ސަރުކާރުންވަނީ ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުދޭން ނިންމާފައެވެ. މިފައިސާގެ ތެރެއިން ބަޖެޓު ސަޕޯޓްގެ ގޮތުގައި 200 މިލިއަން ޑޮލަރު ބޭނުންކުރުމަށް ނިންމާފައިވާއިރު އޭގެތެރެއިން 50 މިލިއަން ޑޮލަރަކީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭ ފައިސާއެވެ. އަދި 150 މިލިއަން ޑޮލަރަކީ ޓްރެޜަރީ ބޮންޑަށް އިންވެސްޓްކުރުމަށް ސްޓޭޓް ބެންކް އޮފް އިންޑިއާ މެދުވެރިކޮށް ހުޅުވާލި އެހީކަމަށާއި އެއީ %1.5 އިންޓްރެސްޓް ރޭޓުގައި 2 އަހަރު ދުވަހުގެ މުއްދަތަކަށް ލިބުނު އެހީއެއްކަމަށްވެސް ފިނޭންސް މިނިސްޓަރ މީގެކުރިންވަނީ ވިދާޅުވެފައިވެއެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here