އުރީދޫ މޯލްޑިވްސްއިން ޕަބްޖީ ޗެމްޕިއަންޝިޕްގެ ވައިލްޑް ކާޑު ބުރުގައި ބައިވެރިވުމުގެ ފަހު ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫއިން މިއަދު ބުނީ ޕަބްޖީ ޗެމްޕިއަންޝިޕްގެ ވައިލްޑް ކާޑަކީ އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބޭ ޗެމްޕިއަންޝިޕްއެއްކަމަށެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މޭ 25 ވަނަ ދުވަހުގެރޭ 12 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އުރީދޫން ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ވައިލްޑް ކާޑަކީ ޖޫން މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދޭ އެންމެ ފަހުގެ ކޮލިފައިން މުބާރާތްކަމަށް އުރީދޫން ބުންޏެވެ. މިދިޔަ އަހަރުން ފެށިގެން ކޮންޓެންޑަރ ކޮލިފައިންގް ސިލްސިލާއެއް ބާއްވާ މިހާރުވަނީ ނުވަ ޓީމަކުން މުބާރާތުގައި ބައިވެރިވެގެން ކުޅުމުގެ ޖާގަ ހޯދާފައެވެ. އަދި އެ މުބާރާތުގައި ޖުމްލަ ސޯޅަ ޓީމުން ވާދަކުރާއިރު،ވައިލްޑް ކާޓްގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ގަދަ ހަތް ޓީމަށް ބާކީ ޖާގަތަކަށް ލިބިގެންދާނެކަމަށެވެ

އަންނަ ހުކުރު ދުވަހު ބާއްވަން ހަމަޖެހިފައިވާ އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 250 ރުފިޔާގެ އިތުރުން ޓީމް މެމްބަރުންގެ މައުލޫމާތާއި ޓީމް ލޯގޯ އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ހުށަހަޅަންވާނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަކީ 100،000 ރުފިޔާގެ ޕްރައިޒް ޕޫލަކާ އެކު ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޕަބްޖީ މުބާރާތެވެ.