ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ހިންގި މާރާމާރީއެއްގައި ޒުވާނަކު ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ފޭސްދޭއްގައި މާރާމާރީއެއް ހިންގާފައިވާ ކަމަށް މިއަދު 17:20 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.

މި މާރާމާރީގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ދިން މައުލޫމާތުގައި ބުނެފައިވެއެވެ. މިކުއްޖާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.

ޒަހަމްވި 18އަހަރުނުފުރޭ ކުއްޖާ

ފުލުހުން ބުނީ އެއްވެސް ސީރިޔަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.