ފ.ބިލެއްދޫ އައު އިންޖީނުގެއާ އޮފީސް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވާދެއްވައިފިއެވެ. ފ.ބިލެއްދޫ އައު އިންޖީނުގެ އާއި އޮފީސް ހުޅުއްވާދެއްވީ ރައީސް ފ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަބަލުން ފަސްޓްލޭޑީ ފަޒުނާ އަހުމަދުވެސް ބައިވެރިވަޑައިގަންނަވައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބިލެއްދޫ ރައްޔިތުންނަށް ދެން އެއްވެސް ދަތިކަމެއްނެތި ކަރަންޓުގެ ހިދުމަތް ލިބިގެންދާނެކަމަށެވެ.

އަދި އެެއްވެސް ތުރަލާކާ ނުލާ ފެނަކައިގެ މުވައްޒިފުންނަށްވެސް މަސައްކަތްކުރާނެ ތަނެއް ފަހިވެގެން ދާނެކަމަށެވެ.މިއީ 400 އާ 600 މީޓާރުގެ އިންޖީނެއްކަމަށެވެ.

މީގެއިތުރުން ވިދާޅުވީ ފެނަކައިގެ މަސައްކަތްތައް މެދު ނުކެނޑި ފަސޭހަކަމާއެކު ލިބިގެންދާނެ ގޮތް ހަމަޖައްސައިދެއްވާކަމަށެވެ. އަދި ރައީސްވަނީ ފެނަކައިން ކުރާ ބުރަ މަސައްކަތައް ޝުކުރުއަދާކުރައްވާފައެވެ.

ފެނަކައިގެ ހިންގުންތެރި މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ އެންމެ ފުރަތަމަ ފެނަކައިގެ އިމާރަތް ހަދަން ބިންގާއެޅި އެއް ރަށަކީ ބިލެއްދޫ ކަމަށެވެ. އެ އިމާރަތް ނިންމާ ހިދުމަތް ދެވޭނެގޮތް ހަމަޖެހުމުން ސައީދުވަނީ ރައީސްއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މިކަން ކުރެވުނި ކޮވިޑް ތެރޭގައިވެސް ހުއްޓުމެއްނެތި ކުރަމުންދިޔަ މަސައްކަތުގެ ސަބަބުންކަމަށް ސައީދު ވިދާޅުވިއެވެ.މި ދަތުރުފުޅުގައި ބިލެއްދޫ މަދަރުސާގައި އަލަށް ގާއިމުކުރި މަލްޑިޕަލްޗޮއިސް ހޯލް ހުޅުވާދެއްވުންވެސް ހިމެނެއެވެ.

ޖުލައި މަހުގައި އެރަށުގައި އޭޓިމްގެ ހިދުމަތް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.