ރޭ ދަންވަރުގެ ވަގުތުގައި ނ.ލަންދޫ ކައުންސިލުގެ ކުނި ނަގާ ޕިކަޕުގައި ރޯކޮށްލައިފިއެވެ.

މި ހާދިސާއިން ހިނގާފައިވަނީ މި އަންނަ މަހުން ފެށިގެން އެރަށުގައި ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭން ތައްޔާރުވެފައިވަނިކޮށެވެ.

ލަންދޫ ކައުންސިލުން ވިދާޅުވީ އެކަމާ ބެހޭގޮތުން އެމީހުންނަށް މައުލޫމާތު ލިބިފައިވަނީ ދަންވަރު 4:00 ގައި ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާ އެކު ހެން އަލިފާން ނިންވާލުމުގެ މަސައްކަތް ކުރިކަމަށާއި، ނިއްވާލެވުނުއިރުވެސް ރޯވެ ބޭނުން ނުކުރެވޭ ވަރުވެފައިވާ ކަމަށެވެ.

މީގެއިތުރުން ވިދާޅުވީ އެކަން ކުރީ ކޮން ބައެއްކަން އެނގިފައި ނުވާކަމަށެވެ. އެކަން ތަހުގީގު ކުރުމަށް ،މިހާރު ފުލުހުންނަށް ސީސީޓީވީ ފޫޓެޖް ފޯރުކޮށްދީފައި ވާ ކަމަށެވެ.