ދަ ޑިމޮކްރެކްޓްސް ޕާޓީއަށް ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުން ސޮއިކުރައްވައިފިއެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގައި ކުރިން ތިއްބެވި، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ހަތް މެމްބަރުން ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވީ މިއަދު މެންދުރު އެވެ.

އެ ޕާޓީއަށް މެމްބަރުން ހޯދުމުގެ ހަރަކާތްތައް ކުރިއަށް ދާއިރު، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ މެމްބަރުންވެސް ސޮއި ކުރައްވަމުން ގެންދަވާކަމަށް ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ.

ދަ ޑިމޮކްރެޓްސްއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އިސްވެ ތިއްބަވައިގެން އުފައްދަވާފައިވާ ޕާޓީއެކެވެ.

އިލެކްޝަންސް ކޮމިޝަނުން ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނީ މެއި 24 ގައެވެ. އެއާ އެކު އެ ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް ޕާޓީއިން ވަނީ ފަށާފައެވެ.