ކުޑަ ދަރިފުޅަކާ އެކު މަންމަ އަކު ގެއްލިގެން އާއިލާއިން ރިޕޯޓް ކުރުމުން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ, ގެއްލިގެން ހޯދަމުން އަންނަނީ ހއ. އިހަވަންދޫ,/ނަސްރީނުގެ, އާއިޝަތު އިހްސާނާ (32) ކަމަށާއި އޭނާގެ ޚަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގައި ކަމަށެވެ.

މީގެއިތުރުން ފޮޓޯ އާންމުކޮށް އިހްސާނާ ގެއްލިފައިވަނީ އޭނާގެ ދެ އަހަރުގެ އަންހެން ދަރިފުޅާ އެކުގައި ކަމަށާއި އަދި އެނާ އެންމެ ފަހުން ފެނިފައިވަނީ ހޯމަ ދުވަހުގެ ހެނދުނު އޭނާ ދިރިއުޅޭ ހުޅުމާލެ ހިޔާ 15-4-06 އިން ކަމަށްވެސް އާއިލާއާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.

އަފި އިހްސާނާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ 9393351 އަށް އެންގުމަށް އެފަރާތުން ވަނީ އެދިވަޑައިގަންފައެވެ.