ދެ އަހަރުގެ ކުޑަ އަންހެން ދަރިފުޅާ އެކު ގެއްލިގެން ފުލުހުން އިއުލާނު ކުރި ހއ. އިހަވަންދޫ/ ނަސްރީނުގެ އާއިޝަތު އިހްސާނާ ފެނިއްޖެއެވެ.

އޭނާގެ އާއިލާއާ ހަވާލާދީ ފުލުހުން ވިދާޅުވީ، އިހްސާނާ އޭނާގެ އާއިލާށް ގުޅާފައި ވާކަމަށެވެ. އަދި އޭނާ އާއި ކުޑަ ދަރިފުޅުގެ ހާލު ވެސް ރަނގަޅުކަމަށް ބުނެފައި ވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އިހްސާނާގެ ޚަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އަދި އެނާ އެންމެ ފަހުން ފެނިފައިވަނީ ހޯމަ ދުވަހުގެ ހެނދުނު އޭނާ ދިރިއުޅޭ ހުޅުމާލެ ހިޔާ 15-4-06 އިން ކަމަށްވެސް އާއިލާއާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ދެ ދުވަސް ވެގެން ދިޔައިރުވެސް އޭނާގެ ޚަބަރެއް ނުވުމުން ފުލުހުން މިއަދު ފޮޓޯ އާންމުކޮށް އިހްސާނާ ގެއްލުނީ އޭނާގެ ދެ އަހަރުގެ އަންހެން ދަރިފުޅާ އެކުގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.