ނިމިދިޔަ ސީޒަނުގެ އިޓާލިއަން ސީރިއޭގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ޗެމްޕިއަން ނަޕޯލީގެ ވިންގަރ ކިވިޗާ ކަވަރަޓްސްޚޭލިއާ ހޮވައިފިއެވެ.

ނަޕޯލީއިން 33 އަހަރަށްފަހު ފުރަތަމަ ފަހަރަށް އިޓާލިއަން ސޭރިއޭގެ ޗެމްޕިއަންކަން ނިމިދިޔަ ސީޒަނުގައި ހޯދިއިރު ކަވަރަޓްސްޚޭލިއާ ވަނީ 12 ލަނޑު ކާމިޔާބުކޮށް 10 ލަނޑު ޖަހަން އެހީތެރިވެދީފައެވެ.

ކޮއްޓުމާއި ނެއްޓުމުގައި ވަރަށް ހުނަރުވެރި އަދި ހަލުވި ސްޕީޑާއެކު ކަވަރަޓްސްޚޭލިއާ ފާހަގަ ކުރެވިގެންދަނީ ނަޕޯލީގެ އެޓޭކްތަކުގެ އެންމެ ނުރައްކާތެރި ހަތިޔާރުގެ ގޮތުގައެވެ.

ބެލްޖިއަމްއަށް އުފަން ކަވަރަޓްސްޚޭލިއާ،22، ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނުއިރު، ލީގުގެ މޮޅު ފޯވާޑުގެ މަގާމް ލިބުނީ ކަވަރަޓްސްޚޭލިއާއާއެކު ނަޕޯލީއަށް ކުޅޭނީ ނައިޖީރިއާގެ ފޯވާޑް ވިކްޓަރ އޮސިމްހެންއަށެވެ. އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ދެކުނު ކޮރެއާގެ ޑިފެންޑަރު ކިމް މިން ޖައޭއެވެ.