ރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމަރީ ހިންގަން މަސައްކަތް ކުރި ބަޔަކު ތެރެއިން އެކަކު ހައްޔަރުކޮށް، ދެން ތިބި މީހުން ހޯދަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާއިން ބުނީ، ރޭ 23:25 ކަންހާއިރު މަޖީދީ މަގު ޑައިންމޯ ކައިރީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރި ހިންގަން އުޅުނު މައްސަލާގައި އެކަކު ހައްޔަރުކޮށް، އަނެއް ބަޔަކު ހޯދަން ފަށައިފިކަމަށެވެ.

މީގެއިތުރުން ފުލުހުން ބުނީ ރޭގައި ހައްޔަރުކޮށްފައިވަނީ 25 އަހަރު ދިވެހި ފިރިހެނެއް ކަމަށެވެ. މިހާރު މިމީހާގެ ބަންދާ މެދު ވަކި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށެވެ.

އެ މަރާމާރީ ހިންގި މީހުންގެ ތެރެއިން ދެ މީހަކު ފިލާފައިވާއިރު، އެމީހުން ފިލާފައިވަނީ ދުއްވަން ގެންގުޅުނު ސައިކަލު އެ ސަރަހައްދަށް ދޫކޮށްލާފައިކަމަށް ފުލުހުން ބުންޏެވެ.

މިހާރު އެ ސައިކަލުތައް ޓޯކޮށްފައިވާކަމަށާއި އެސަރަހައްދުން ފިލި މީހުން ދެނެގަނެ، އެމީހުން ހޯދުމުގެ މަސައްކަތް މިހާރު ފުލުހުން ކުރަމުން އަންނީ ކުރަމުންނެވެ.

އަދި އެކަމާ ގުޅިގެން ކުރަން ޖެހޭ ތަހުގީގުތައް ކުރަން ފުލުހުން ވަނީ މިހާރު ފަށައިފައެވެ.