މިރޭ ސ. ހިތަދޫގައި ހަވާ އަރުވަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އެ ކައުންސިލުން ވިދާޅުވިީ މިރޭ ހަވާއަރުވަން ނިންމާފައިވަނީ އައްޑޫއަށް މިހާރު ލިބޭ ތަރައްގީ ފާހަގަކޮށް، އުފާ ފާޅުކުރުމުގެ ގޮތުން ކަމަށެވެ. އަދި ހަވާ އެރުވުން އޮންނަނީ ހިތަދޫގައި ހުންނަ އައްޑޫ ސިޓީ ސްކޮޔާގައި ކަމަށް ވެސް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

އައްޑޫގައި މިރޭ ހަވާ އަރުވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވަނީ އައްޑޫގެ ހުރިހާ ރަށަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއް އިއްޔެ ފައްޓަވައިފަ އެވެ.

އަދި އެ ދަތުރުފުޅުގައި އިއްޔެ ވަނީ އައްޑޫގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ރަސްމީކޮށް ފައްޓަވައި ދެއްވައިފައެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއު ވެސް، އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރަސްމީކޮށް މިއަދު ފައްޓަވައިދެއްވާނެއެވެ.

މީގެ އިތުރުން އައްޑޫގެ ތަރައްގީއަށް ހިންގާ އެހެން މަޝްރޫއުތައް ބައްލަވާލައްވައި، ރައްޔިތުންނާވެސް ރައީސް ބައްދަލުކުރައްވާނެއެވެ.