މުޅިރާއްޖޭގެ ތަރައްޤީއަށް ހިންގަންޖެހޭ މަޝްރޫޢުތައް އެއްފަހަރާ ނުހިންގާ ފަރަކުނުޖެއްސޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ގަންއިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢު ފަށްޓަވައި ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މިހާރު ގެންދަވަނީ ހުރިހާ މަޝްރޫޢެއް ހިންގަވަމުން ކަމަށެވެ.

"އެފަދަ ހުރިހާ މަޝްރޫޢެއް ސަރުކާރުން މިދަނީ ހިންގަމުން. އެއްގަމާއި ކަނޑާއި ވައިގެ ވިއުގައަކުން މުޅި ރާއްޖެ ގަތާލެވިގެން ނޫނީ، އުފާވެރި، ހަމަޖެހޭ ދިރިއުޅުމެއް ނުހޯދޭނެ،" ރައީސް ވިދާޅުވިއެވެ.

މިސަރުކާރުން ރަށްރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގަނީ ކުޑަރަށެއް އަދި ބޮޑުރަށެއް ތަފާތު ކުރުމެއްނެތިއެވެ.