ފާރުފުށި މޯލްޑިވްސް ރިސޯޓް ހުޅުވައިފި

0
ރ.އަތޮޅުގައި ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ތަރެއްޤީކުރެި ފާރުފުށި ރިސޯޓް

ފާރުފުށި މޯލްޑިވްސް ރިސޯޓު މިދިޔަ ހަފުތާގައި ހުޅުވައިފި އެވެ.

އެ ރިސޯޓް ހުޅުވުމާ އެކު ހާއްސަ ޕްރޮމޯޝަން އަގުތަކެއް ވެސް ހަމަޖައްސައިފަ އެވެ. މި ހާއްސަ ޕްރޮމޯޝަން ކުރިޔަށް ދާނީ މާޗު 5 އިން އޮކްޓޫބަރު 31 ގެ ނިޔަލަށެވެ. އެގޮތުން އަންނަ މަހުގެ 31 ގެ ނިޔަލަށް 40 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ އެވެ. އެއަށް ފަހު 30 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ ކަމަށް އެރިސޯޓުން ބުނެ އެވެ.

ރ. އަތޮޅުގައި ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ މި ރިސޯޓުގައި 80 ވިލާ ހިމެނެ އެވެ.

ފާރުފުށި ރިސޯޓްގެ ސްވިމިންގ ޕޫލް އޭރިއާ
Advertisement

ރިސޯޓުގެ ވިލާތައް ހުންނަނީ ބީޗް ސަރަހައްދުގެ އިތުރުން މޫދުގަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭންގައި 80 މިނިޓުން ދެވޭ މި ރިސޯޓުގައި ވޯޓާ ސްޕޯޓްސް ހަރަކާތްތަކުގެ އިތުރުން ޑައިވް ސެންޓަރެއް ވެސް ތަރައްގީ ކޮށްފައިވެ އެވެ. މީގެ އިތުރުން ސަންސެޓް ސެއިލް އާއި ކޯމަސް ބަލައިލުމުގެ ފުރުސަތުގެ އިތުރަށް މަސްދަތުރު ދިޔުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިހާރު ވެސް 133 ރިސޯޓް އަންނަނީ ތަރައްގީ ކުރަމުންނެވެ. އަދި މި އަހަރުގެ ތެރޭގައި 20 ރިސޯޓް ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here