އެސް.ޓީ.އޯ ރަމަޒާން ބާޒާރު އަގުހުރި އިނާމްތަކަކާއެކު ފަށައިފި

0
އެސް.ޓީ.އޯ އިން ކޮންމެ އަހަރަކުވެސް ރޯދަމަހާދިމާކޮށް ހާއްސަ ޕްރޮމޯޝަންތަކެއް ދަނީ ބާއްވަމުން

އެސްޓީއޯއިން ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ބާއްވަމުން އަންނަ “ރަމަޟާން ބާޒާރު” ޕްރޮމޯޝަން އަގުހުރި އިނާމު ތަކަކާއެކު މިއަހަރު ވެސް ފަށައިފިއެވެ.

މިމަހު 10 އަކުން ފެށިގެން މޭ މަހުގެ 16 އަށް ކުރިއަށްދާ ގެންދާ “ރަމަޟާން ބާޒާރު” ފައްޓަވައި ދެއްވީ އެސްޓީއޯ ހޯމް އިންޕުރޫވްމެންޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއެވެ.

މި މިޕްރޮމޯޝަންގައި %30 އާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ. މީގެ އިތުރުން މިޕްރޮމޯޝަންގެ ތެރޭގައި ބައްލަވައިގަންނަވާ ބައެއް ޕްރޮޑަކްޓްތަކަށް ވަގުތުން ލިބޭ އިނާމް ތަކެއް ހުށައެޅިފައި ވެއެވެ.

އެސް.ޓޯ.އޯ ރަމަޒާން ބާޒާރު 2019 ގެ ތެރެއިން
Advertisement

އެސްޓިއޯއިން އިތުރަށް ވިދާޅުވީ މިއީ ރޯދަމަހަށް ގޭތެރޭގެ އަދިގެ ބަދިގޭގެ ސާމާނު ހެޔޮއަގެއްގައި އެއްތަނަކުން ހޯދުމަށް ރަނުގެ ފުރުސަތެއްް ކަމަށާއި މި ފޮރޮމޯޝަނުގެ ތެރޭގެ އެއް މިލިއަން ރުފިޔާގެ އަގު ހުރި އިނާމުތަށް ވެސް ހުށައެޅިފައިވާ ކަމަށެވެ.

“ފްރޮމޯޝަން ކުރިއަށް ދާއިރު ކޮންމެ ހަފްތާއަކު ނަސީބު ވެރިއެއް އަދި ޕްރޮމޯޝަން ނިމުމުން ނަޝީބު ވެރިއެއް ހޮވިގެން ދާނެ ” އެސްޓިއޯއިން ވިދާޅުވިއެވެ.

އެސްޓިއޯ އިން ވިދާޅުވީ މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓިއޯ ހޯމް އިންޕްރޫވްމެންޓް އަދި އަތޮޅުތަކުގައި ހުރި އެސްޓިއޯގެ ފިހާރަތަކުގައި ކަމަށެވެ.

Advertisements