ހެޕީމާކެޓް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ 1992 ވަނަ އަހަރު ވުޖޫދުވެފައިވާ އަމިއްލަ ވިޔަފާރި ކުންފުންޏެކެވެ. ކުންފުނި އުފެއްދިފަހުން ފާއިތުވި އެއްތިރީހަކަށް އަހަރުތެރޭގައި ކުންފުނީގެ ވިޔަފާރިވަނީ ފުޅާކުރެވި ކަސްޓަމަރުންގެ މަގުބޫލުކަން ހޯދައިފައެވެ.

އެ ކުންފުނީގެ ފިހާރަތައް މިހާރުވަނީ މާލޭގެ އިތުރުން ރަށްރަށުގައި ވެސް ހުޅުވައި ޚިދުމަތް ދޭން ފަށައިފައެވެ. މާލެއާއި، އައްޑޫސިޓީ ފޭދުއާއި ހިތަދޫގައި ހެޕީމާކެޓުގެ ފިހާރަތައް ހިންގައެވެ. ވިލިމާލެއާއި ހިންމަފުށްޓާއި ކުޅުދުއްފުށީގައި ވެސް އެތަނުގެ ފިހާރަ ހިންގައެވެ.

ހެޕީމާކެޓުގެ ފިހާރައެއް އެންމެ ފަހުން ހުޅުވީ ގދ. ތިނަދޫގައެވެ. އެތަން ހުޅުވާފައިވަނީ 2023 ވަނަ އަހަރު މެއިމަހު ފަނަރަ ވަނަ ދުވަހުގެ ރޭގައެވެ.

ތިނަދޫގައި ހުޅުވި ފިހާރައާއެކު ހެޕީމާކެޓުން ވިއްކަމުން ގެންދާ ހުރިހާ ބާވަތެއްގެ ފިނިކުރި ކާބޯތަކެއްޗާއި ލައިފް ބްރޭންޑުގެ ބޯ ފެން އެސަރަހައްދުގެ ރައްޔިތުންގެ އަތްފޯރާ ފަށަށް މިހާރު ވަނީ ފޯރުކޮށްދީފައެވެ. ހެޕީމާކެޓުން ޒަމާނުއްސުރެން ގެންގުޅޭ ވިސްނުމަކީ ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާއެކު ބާއްވަމުން އަންނަ ގުޅުން އިތުރަށް ވަރުގަދަކުރުމެވެ. އެކުންފުނީން އަބަދުވެސް މަސައްކަތްކުރަނީ އެތަނުން ރާއްޖެއަށް އެތެރެކޮށް ވިއްކާ މުދަލަކީ ފެންވަރު ރަނގަޅު ރަހަމީރު އަދި ރައްޔިތުން ބަލައިގަންނަ އެއްޗަކަށް ހެދުމެވެ.

މިއީ ފިނިކުރި ކާބޯތަކެތި ރާއްޖޭގައި އެންމެފުރަތަމަ ވިއްކަން ފެށި ކުންފުންޏެވެ. އެ ކުންފުނީގެ ވިޔާފާރިތައް ވަނީ ރިސޯޓުތަކާއި ހޮޓާތަކާއި، ރެސްޓޯރެންޓްތަކާއި ކެފޭ ތަކާ ހަމައަށް ފުޅާކޮށްފައެވެ. އޭގެ އިތުރުން ސުޕަރމާކެޓު ތަކަށާއި، އެހެނިހެން ވިޔަފާރިތަކަށް ވެސް ހެޕީމާކެޓުގެ ވިޔަފާރި ވަނީ ހުޅުވާލައިފައެވެ. އޭގެ އިތުރުން ވަކިވަކި ފަރުދުންނަށް ވެސް އެކުންފުނީގެ ފިހާރަތައް ވަނީ ހުޅުވާލައިފައެވެ.

ހެޕީމާކެޓަކީ ދުނިޔޭގެ ތޭރަ ގައުމަކުުން ރާއްޖެއަށް މުދާ އެތެރެކުރާ ބޮޑު ކުންފުންޏެކެވެ. އެ ގައުމުތަކުން ޖުމްލަ ބާވީސް ބްރޭންޑެއް ރާއްޖެއަށް އެތެރެކޮށް ހޯލް ސޭލްކޮށްނާއި ރީޓެއިލް ކޮށް އެކުންފުނީންދަނީ ވިއްކަމުންނެވެ. މި ކުންފުންޏަކީ އައިއެސްއޯ ސެޓިފައިޑް ކުންފުޏްޏެެކެވެ. އޭގެ އިތުރުން އެކުންފުނީން ވަނީ ކޯޕަރޭޓް މޯލްޑިވްސްއިން ދޭ ލީޑިން ކޮމްޕެނީސް އޮފް މޯލްޑިވްސް އެވޯޑު ތިން ފަަހަރު ހޯދައިފައެވެ. އެއީ 2016 ވަނަހަރާއި، 2020 ވަނަ އަހަރާއު 2021 ވަނަ އަހަރުއެވެ.

ހެޕީމާކެޓުން ގަނޑުކޮށް މުދާ ގަންނަ ފަރާތްތަކަށް އިތުރު އަގަކާނުލައި ޑެލިވަރީގެ ޚިދުމަތް އެތަންތަނުން ފޯރުކޮށްދެއެވެ. ރަށްރަށަށް މުދާ ގެންދަން ބޭނުންވާ ފަރާތްތަކުން ހެޕީމާކެޓަށް ގުޅައިގެން ނުވަތަ ވައިބަރ ކުރުމުން، އެމީހާ ބުނާ ބޯޓަކާ ހަމައަށް މުދާ ގެންގޮސްދެއެވެ.

ހެޕީމާކެޓުން ވިއްކާ ބައެއް ތަކެތި

  • ފިނިކުރި ކުކުޅު
  • ކުކުޅުގެ ބައިތައް
  • ގެރިމަހުގެ ބައިތައް
  • ލޭމްބްގެ އެކި ކަޓްތައް
  • މަޓަން ކަޓްސް
  • ހޯލް ޓަރކީ
  • ހޯލް ޑަކް
  • ތަރުކާރީ
  • ފްރެންޗު ފްރައިސް
  • ފްރެންގަސޯލް ސޮސެޖު
  • ބަޓަރާއި ޗީޒްގެ ބާވައްތައް
  • ބިސް
  • ބަރައުން އެގު

މީގެ އިތުރުން ހެޕީޑޭ ޖޫހާއި، ޕާސްތާއި، ޕްރާޓޯސްގެ ބޭކަރީ ސާމާނާއި، އޯލްޑަންބަރގަރ ކިރާއި، އެބުރޭންޑުގެ ބަޓަރާއި، ބެގަރ ޗީޒާއި، ކްރީމް ޗީޒާއި، ކޮމެލީ އައިސްކްރީމް ޕައުޑަރ، ސައުތް އެފްރިކާގެ މަޝްހޫރު ކަލިސްޓޯސް ޕެރީ ޕެރީ ސޯސް، ޗެންޓީޕެކް ވިޕިން ކްރީމާއި، ޑެނޯން އަލްޓްރާ ޔާގަޓާއި، ރައުހު ޖޫހާއި، ބިސްކޯދާއި، ޗޮކިޓްސް އޯޓްސްއާއި އަދިވެސް އިތުރު ވައްތަރުގެ ސާމާނު ހިމެނެއެވެ.

މީގެ އިތުރުން ވެގާ ބްރޭންޑުގެ ދަޅުކާނާއި، ބާސްމަތީ ހަނޑުލާއި، ފިޔާއާއި، ލޮނުމެދާއި ކުކިން އޮއިވެސް ހިމެނެއެވެ. ހެޕޫމާކެޓުގެ ކުރިމަގު އޮތީ އަދިިވެސް އުޖާލާކޮށްނެވެ. އެއީ ވިޔަފާރިވެރީންނާ ގުޅިގެން ގާތުން މަސައްކަތްކުރާ ކާމިޔާބު އަދި ނަމޫނާ ކުންފުންޏެކެވެ.