ގދ. މަޑަވެލީ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

0
އަތޮޅުތެރޭގެ އެކި ރައްރަށުގައި ހައުސިންގ ޕްރޮޖެކްޓް ތަކަކީ އެތައް ރައްޔިތުންނެއް އުއްމީދުކުރަމުންދާކަމަށް

ގދ. މަޑަވެލީގެ 22 ހައުސިން ޔުނިޓަކަށް ކުރިމަތިލުމުގެ ފުރުސަތު މަޑަވެލި ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.

އެ ރަށު ދެކުނު ސަރަހައްދުގައި ހަދާފައި ހުރީ ތިން ކޮޓަރީގެ ހައުސިން ޔުނިޓްތަކެކެވެ. މަޑަވެލީ ކައުންސިލްގެ މެމްބަރު އަޒަމް މުހައްމަދު ވިދާޅުވީ ހައުސިން ޔުނިޓްތަކަށް ހުށަހަޅަން ހުޅުވާލުމުން 15 މިނިޓް ތެރޭ 125 ފޯމު ނަގާފައިވާ ކަމަށެވެ.

“މި ރަށް މި އޮތީ އަސްލު ވަރަށް ބޮޑަށް ތޮއްޖެހިފައި. 238 އާއިލާއެއް އެބައުޅޭ ގެދޮރުވެރިކަން ބޭނުންވެފައި، އުޅޭނެ ތަނެއް ނެތިފައި ތިބި” އޭނާ ވިދާޅުވި އެވެ.

Advertisement

މަޑަވެލީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މި މަހު 31 ގެ ނިޔަލަށް އެ ހައުސިން ޔުނިޓުތަކަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި ހުށަހަޅާ މީހުންގެ ތެރެއިން އެ މީހެއްގެ ނަމުގައި، ނުވަތަ އަނބިމީހާ އަށް ނުވަތަ ފިރިމީހާ އަށް ގޯއްޗެއް ލިބިފައި ނުވާ މީހުންނަށް އިސްކަން ދެވޭނެ އެވެ.

ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތަކުން ޑައުން ޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހެނީ 19،000ރ. އެވެ. އެ ތަންތަން ދޫކުރަނީ 20 އަހަރުގެ މުއްދަތުން މަހަކު 2،500ރ. ދައްކައިގެން މިލްކު ކުރެވޭ ގޮތަށެވެ.

Advertisements