ބޯހިޔާވަހިކަމުގެ ވައުދުތައް ފުއްދުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި

0
ބޯހިޔާވަހިކަމުގެ ވައުދުތައް ފުއްދުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި

އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދުމަށްޓަކައި “ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް” ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ކުންފުނި އުފައްދާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަމަށެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނުގެ 95ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން މި ކުންފުނި އުފެއްދެވީ، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، އެކަމަށް ޚާއްޞަކޮށްފައިވާ ކުންފުންޏެއް ގާއިމުކުރުމަކީ މުހިއްމުކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކިވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

Advertisement

އެގޮތުން ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އެއްފުރާޅެއްގެ ދަށުން ހިންގުމާއި ބޯހިޔާވަހިކަމާއި ގުޅޭގޮތުން ކުރިމަގުގައި ހިންގާނެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށާއި، އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި، މާލީ ހާލަތު ދަށް ފަރާތްތަކަށް ސަބްސިޑައިޒް ރޭޓެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ފުރަތަމަ ފަހަރަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާނީ މި ކުންފުނީގެ ދަށުން ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

Advertisements