އަތޮޅޫތެރޭގެ ހޮސްޕިޓަލްތަކާއި ސިއްޙިމަރުކަޒުތަކުން ދެވޭ ޙިދުމަތްތައް އިތުރަށް ތަރައްޤީކުރަނީ

0
ސިއްޙީ ދާއިރާ ތަރައްޤީކުރުމަކީ ކޮންމެ ސަރުކާރަކަށްވެސް އެންމެ ގޮންޖެހުން ބޮޑު މަސައްކަތް

ބައެއް ސިއްޙީ މަރުކަޒުތައް ހޮސްޕިޓަލް ފެންވަރަށް ތަރައްޤީކުރުމަށް ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.

ހޮސްޕިޓަލް ފެންވަރަށް ތަރައްޤީ ކުރުމަށް ހެލްތް މިނިސްޓްރީން ނިންމަވާފައިވަނީ ސިއްޙީމަރުކަޒުތަކުގެ ތެރޭގައި ހިމެނޭ ދެ ސިއްޙީ މަރުކަޒަކީ ނ.ވެލިދޫ ސިއްޙީ މަރުކަޒާއި ޅ.ހިންނަވަރު ސިއްޙީ މަރުކަޒެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ ސިއްޙީ ޙިދުމަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އެ ރަށްރަށުގައި ދެމުންގެންދާ ސިއްޙީ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. އެގޮތުން ހޮސްޕިޓަލުގެ ދަރަޖައަށް ބަދަލު ކުރުމަށް ނިންމާފައިވާ ރަށްތަކުގައި އެ ޕްރޮޖެކްޓްތައް ކުރިއަށްގެންދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް މިހާރު ފަށާފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

Advertisement

މި ދެރަށުގެ އިތުރުން އެކި ރަށްރަށުގައި ހުރި ހޮސްޕިޓަލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އަލަށް އަޅާ ހޮސްޕިޓަލްތަކާއި ސިއްޙީ ޙިދުމަތްދޭ ތަންތަން ތަރައްޤީ ކުރާއިރު އެކަމަށް ވިސްނައި އެތަންތަނާއި އެކަށީގެންވާ ވަރަށް ޕްރައިވެޓް ރޫމްތައްވެސް އެޅުމަށް ނިންމާފައިވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ތަރައްޤީ ކުރުމަށް ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ނ.ވެލިދޫ، ޅ.ހިންނަވަރު، ދ ކުޑަހުވަދޫ ނ،މަނަދޫ އަދި ބ އޭދަފުށި ހިމެނެއެވެ.

Advertisements