• އެންޔޫ ހޮސްޕިޓަލްސްއަކީ ކޮބާ؟

  • އެންޔޫ ހޮސްޕިޓަލުގެ ދައުރަކީ އަދި ހިދުމަތްތައް ފޯރާފައިވަނީ ކޮންހިސާބަކުން ކޮންހިސާބަކަށް؟

  • ރާއްޖޭގައިވެސް އެންޔޫ ހޮސްޕިޓަލުގެ ކްލިނިކް އެބަހުރިި

1999ވަނަ އަހަރު އިންޑިޔާގެ ބެންގަލޯރުގައި ހުޅުވުނު އެންޔޫ (ނެފްރޮލޮޖޫ-ޔޫރޮލޮޖީ) ހޮސްޕިޓަލަކީ އިންޑިއާގެ ޑެޑިކޭޓެޑް ނެފްރޮލޮޖީ އެންޑް ޔޫރޮލޮޖީ ހޮސްޕިޓަލްތަކުގެ ޗެއިންއެކެވެ. ކިޑްނީ ކެއާއަށް ހާއްސަ ސުޕަ ސްޕެޝަލިޓީ ކުއަޓަނަރީ ކެއާ ހޮސްޕިޓަލެއްގެ ގޮތުގައި އުފެއްދި އެންޔޫ ހޮސްޕިޓަލްތައް ވަނީ ސްޕެޝަލިޓީގައި އެންއޭބީއެޗް( ނޭޝަނަލް އެކްރެޑިޓޭޝަން ބޯޑު ފޯ ހޮސްޕިޓަލްސް) އަދި އެންއޭބީއެލް (ނޭޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޯ ޓެސްޓިންގ އެންޑް ކެލިބްރޭޝަން ލެބޯޓްރީސް) އެކްރެޑިޓްކޮށްފައެވެ.

ގައުމީ ފެންވަރުގައި ޑިޕްލޮމޭޓް އޮފް ނޭޝަނަލް ބޯޑު ޕްރޮގްރާމްގެ ދަށުން ޔޫރޮލޮޖީ އަދި ނެފްރޮލޮޖީގެ ސުޕަރ ސްޕެޝަލިސްޓުން ތަމްރީނުވެސް ކުރެއެވެ.

1999 ވަނަ އަހަރު ހުޅުވިގެންދިޔަ އެންޔޫ ހޮސްޕިޓަލްސް ގެ ބާނީ، ފައުންޑަރ އަދި ޗެއާމަން އަކީ މަޝްހޫރު ޔޫރޮލޮޖިސްޓް ޑރ.ވެންކަޓޭޝް ކްރިޝްނާމޫރްތީއެވެ. ތަފާތު އެތަކެއް އެވޯޑުތަކެއް ހާސިލު ކުރައްވާފައިވާ ޑރ.ވެންކަޓޭޝް ކްރިޝްނާމޫރްތީ އަށް ވަނީ ޑރ.ބީ.ސީ.ރޯއީ އެވޯޑް ލިބިވަޑައިގެންނެވި ބޭފުޅެކެވެ. ފަހުން އެ ހޮސްޕިޓަލާ ގުޅެނީ ޑރ.ޕްރަސަންނާ ވެންކަޓޭޝް އެވެ.

އެންޔޫ ހޮސްޕިޓަލްސް ގެ ބާނީ، ފައުންޑަރ އަދި ޗެއާމަން ޑރ.ވެންކަޓޭޝް ކްރިޝްނާމޫރްތީއެވެ.

ދާދި ފަހުން ޑރ ޕްރެސަންނާ ވެންކަޓޭޝް އަށް ވަނީ ވަރަށްވެސް ހާއްސައެވޯޑެއް ލިބިވަޑައިގެންފައެވެ.

"ގްރޭޓް މެނޭޖަރ އިންސްޓިޓިއުޓުން ގްރޭޓް ޕީޕަލް މެނޭޖަރުންގެ އެވޯޑް" ކާމިޔާބުކޮށް ޓޮޕް 100 ލިސްޓުގައި ހިމެނި ވަޑައިގެންނެވި ކަމަށްޓަކައި ޑރ.ޕްރަސަންނާ ވެންކަޓޭޝްއަށް "ހަލި"ނޫހުގެ މެނޭޖްމަންޓް އަދި ޓީމުން ވަަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ!

ޑރ.ޕްރަސަންނާ ވެންކަޓޭޝް

އެންޔޫ ހޮސްޕިޓަލްސް / ވެސްޓް ރާޖަޖިނަގަރު ގެ ހިދުމަތްތަކާއި ގުޅުންތައް

"އެންޔޫ ހޮސްޕިޓަލްސް ވެސްޓް ރާޖަޖިނަގަރު"، ނުވަތަ މަޝްހޫރު ނަން، "އެންޔޫ ވެސްޓް" އަކީ ފާއިތުވި 20 އަހަރު ތެރޭގައި ނެފްރޮލޮޖީ، ޔޫރޮލޮޖީ، އެންޑް ފަރޓިލިޓީ (އައިވީއެފް) ފަރުވާގެ ދާއިރާއިން ކުރިއަރާފައިވާ އިންސްޓިޓީއުޓެކެވެ. އެމީހުންގެ ވަރަށް ވެސް ހާއްސަ ތަޖުރިބާކާރުންނަކީ މަދުން ނޫނީ ނުފެންނަ އަދި ކޮމްޕްލެކްސް ހާލަތްތަކަށް ފަރުވާ ދިނުމުގެ މުއްސަނދި ތަޖުރިބާތަކެކެވެ. މިތަނުގަައި މަސައްކަތް ކުރަނީ އެންމެ ޒަމާނީ ސޮފްޓްވެއާ އިން ކުރިއަށްގެންދާ އިތުބާރާއި ޔަގީންކަން ލިބިފައިވާ އެންމެ ޒަމާނީ ފެންވަރުގެ މެޑިކަލް އިކުއިޕްމަންޓްތަކާއެކުގައެވެ.

ކަރްނާޓަކާގައި ކާމިޔާބު ކިޑްނީ ޓްރާންސްޕްލާންޓް ސާޖަރީއެއް ހެދި ފުރަތަމަ ހޮސްޕިޓަލްތަކުގެ ތެރޭގައި އެންޔޫ ހޮސްޕިޓަލްސް ވެސްޓް ރާޖަޖިނަގަރ ހިމެނެއެވެ. އަދި މިއީ ޔޫރޮލޮޖީ ޑިޕާޓްމަންޓަށް އެންމެ ޒަމާނީ ފްލެކްސިބަލް އެންޑޯސްކޯޕްތައް ފޯރުކޮށްދިން ފުރަތަމަ ހޮސްޕިޓާވެސްމެއެވެ. ސަބްސްޕެޝަލިޓީ ސްޕެސިފިކް ޔޫރޮލޮޖީ ވަރުގަދަ ޓީމެއް އޮތުމަކީ މި ކާމިޔާބީގެ އަސްލެވެ.

"މެންސް ހެލްތު ކްލިނިކް"(ފިރިހެނުންނަށް ހާއްސަ ސިއްހީކްލިނިކް) ދެކުނު އިންޑިއާގައި ފިރިހެނުންގެ ޖިންސީ އަދި ނަސްލީ (ރިޕްރޮޑަކްޓިވް ހެލްތު)ސިއްހަތަށް ފަރުވާދޭން ފެށީ އެންޔޫ ހޮސްޕިޓަލްސްއިންނެވެ. ދަރިމައިނުވާ އަންހެނުންނާއި ދަރިފަނީގެ މައްސަލަ ޖެހޭ ފިރިހެނުންނަށްޓަކައި މިހޮސްޕިޓަލް އައީ އުފާވެރި ހަބަރުތަކާއެކުގައެވެ. ދަރިންނަށް އެދި އުންމީދުކޮށް ވަރުބަލިވެފައި ތިބި އެތައް ދެމަފިރިންނެއްގެ އުންމީދުތައް އަލުން އާލާވެގެން ދިޔައެވެ. ޒަމާނީ ވަސީލަތްތަކާއި ސިއްހީ ސައިންސްގެ ހޯދުންތަކުން ޑޮކްޓަރުން މިފަދަ މީހުންނަށް ގެނެސްދިން ފަރުވާއަކީ "އައިވީއެފް"ގެ އެހީތެރިކަމާއި ޔަގީންކަމެވެ.

އެންޔޫ ހޮސްޕިޓަލްސް ވެސްޓް ރާޖަޖިނަގަރުގައި ދެވޭ ހިދުމަތްތައް

އެންޔޫ ހޮސްޕިޓަލްސް ވެސްޓް ރާޖަޖިނަގަރުގައި ޔޫރޮލޮޖީ، ނެފްރޮލޮޖީ، އެންޑޯރޮލޮޖީ، އެންޑްރޮލޮޖީ، ރިކޮންސްޓްރަކްޓިވް ޔޫރޮލޮޖީ، ނިއުރޯ އޮންކޮލޮޖީ، އެންޑްރޮލޮޖީ، ފީމަލް ޔޫރޮލޮޖީ، ޔޫރޯލިތިއޭސިސް، އަދި ލިތޯޓްރިޕްސީ ފަދަ ގިނަ ހިދުމަތްތަކެއް ލިބެ އެވެ.

އެހެނިހެން ހިދުމަތްތަކުގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންގެ ދަރިމައިނުވުމުގެ ފަރުވާ، ޕްލާސްމާފެރެސިސް، އެމްބްރިއޯ ފްރީޒިން، ވެސެކްޓޮމީ، ޑައިލިސިސް، އެޗްއައިވީ ފަރުވާ، އަދި އެހެނިހެން ހިދުމަތްތައް ހިމެނެ އެވެ. އަދި އެ ހޮސްޕިޓަލުން ލެބްގެ ހިދުމަތާއި، ކެފޭއަކާއި، ވައިފައި އާއި، އިމަޖެންސީ ހިދުމަތާއި، އޯޕީޑީގެ ހިދުމަތާއި، އަދި އެހެނިހެން ހިދުމަތްތައް ވެސް ފޯރުކޮށްދެ އެވެ.

އަދި އައިސީޔޫ، ޕޭޝަންޓް/ކޮމިއުނިޓީ ސާވިސަސް، ޑައިލިސިސް، އޮޕަރޭޝަން ތިއޭޓަރު، ލެބޯޓްރީ ސާވިސް، އެޗްއާރު އެންޑް އެޑްމިނިސްޓްރޭޝަން، ނާސިން ކެއާ، ޔޫރޯޑައިނަމިކްސް، މެޑިކަލް ރެކޯޑްސް ޑިޕާޓްމަންޓް، ބަޔޯމެޑިކަލް ވޭސްޓް ސްޓެޓިސްޓިކްސް، އެކްސްރޭ، އެމްއާރުއައި ފަދަ ޒަމާނީ ވަސީލަތްތައް ވެސް ލިބެ އެވެ. އަދި ސީޓީ ސްކޭން، ކޮމިއުނިޓީ ހެލްތު ސެންޓަރ، ހެލްތު އެޑިއުކޭޝަން، އަދި ޓެލެމެޑިސިންވެސް ހިމެނެއެވެ.

ކުރެވޭ ސާޖަރީތަކުގެ ތެރޭގައި ކިޑްނީ ޓްރާންސްޕްލާންޓް، ކިޑްނީ ސްޓޯން، ޕްރޮސްޓޭޓް ސާޖަރީ، ކިޑްނީ އަދި ބްލެޑަރ ކެންސަރުގެ ސާޖަރީ، ޑައިލިސިސް އަށް ވެސްކިއުލަރ އެކްސެސް، ސްޓްރިކްޗާ ޔޫރެތުރާ ސާޖަރީ، ކުޑަކުދިންގެ ސާޖަރީ، އިރެކްޓައިލް ޑިސްފެންޝަން ސާޖަރީ، ވެރިކޯސެލެކްޓޮމީ، ޔޫރެޓަރޮސްކޯޕީ، އަދި ހިތާނުކުރުން ހިމެނެއެވެ.

އެންޔޫ ހޮސްޕިޓަލްސް ރާޖަޖިނަގަރު ބެންގަލޫރުގައި ސިއްހީ ފަރުވާގެ ހުރިހާ ކަމެއް ކޯޑިނޭޓްކޮށް، މުޅި ޓީމު ގުޅިގެން މަސައްކަތް ކުރަނީ ސީދާ ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށެވެ. އެންޔޫ ހޮސްޕިޓަލްސް ވެސްޓް އިން ދަނީ މެދުނުކެނޑި ސިޔާސަތުތަކާއި އެއްބާރުލުންތައް އަޕްޑޭޓް ކުރަމުން، ހާލުގައި ޖެހިފައިވާ މީހުންނަށް އެންމެ ޒަމާނީ ފަރުވާއާއި ފަރުވާ ލިބެމުންދާކަން ކަށަވަރުކުރުމަށެވެ. އެންޔޫ ހޮސްޕިޓަލްސް ބެންގަލޫރުގެ ތަސައްވުރަކީ، މުޖުތަމަޢަށް އެކަށީގެންވާ ވަރަށް އާ އުފެއްދުންތެރި، ފަރުވާއާއި މެޑިކަލް އެކްސެލެންސްގެ އެންމެ މަތީ ފެންވަރު ދައްކުވައިދޭ ފުރިހަމަ މެޑިކަލް ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

ރާއްޖޭގައި އެންޔޫ ހޮސްޕިޓަލްސް، 2016، ނޮވެމްބަރ.

ދިވެހިރާއްޖޭގައިވެސް ހޮސްޕިޓަލުގެ ގޮތްޕެއް ހުންނަ އެންޔޫ ހޮސްޕިޓަލުން ރާއްޖެއާ ގުޅިގެން ނެފްރޮލޮޖީއާއި ޔޫރޮލޮޖީއަށް ހާއްސަ ކޭމްޕްތަކާއި ފަރުވާގެ އެތައްކަމެއް ކުރިއަށް ގެންދާކަން އުފަލާއެކު ފާހަގަކުރަމެވެ.

ދިވެހިރާއްޖެއަށް އެންޔޫ ހޮސްޕިޓަލުގެ މި ޗެއިންގައި ހިމެނިގެން ގޮސްފައިވަނީ 2016ވަނަ އަހަރުގެ ނޮވެމްބަރުމަހުގައެވެ. އިންދިތާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ޔޫރޮލޮޖީއާއި ނެފްރޮލޮޖީއަށް ހާއްސަ ޑިޕާޓްމަންޓެއް ވަނީ ވަކިން އުފައްދާއެވެ. ރާއްޖެފަދަ ކިޑްނީގެ މައްސަލަތަކާއި ޔޫރިންއާ ބެހޭ އަދި ޖިންސީމައްސަލަތަކާއި ދަރިމައިވުމާއި ދަރިފަނި އުފެދުމުގެ މައްސަލަ ނުހަނު ބޮޑު ގައުމަކަށް ލިބިފައިވާ މި ފުރުސަތާމެދު އުފާކޮށް ޝުކުރުވެރިވަމެވެ.

ދެން އަންނަ ރިޕޯޓު ހާއްސަކޮށްލާނީ ރާއްޖޭގައި ހުންނަ މި ހޮސްޕިޓަލުގެ ގޮފި ނުވަތަ ޑިޕާޓްމަންޓާ ބެހޭ ގޮތުންނެވެ.