ސޭޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ޖޫން މަހުގެ 11 އިން 14 އަށް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.

ސޭޝެލްސްގެ ރައީސްގެ ދެކަނބަލުން ރާއްޖެއަށް މިކުރައްވާ ފުރަމާނަ ދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ދިވެހިރާއްޖެ އާއި ސޭޝެލްސްއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވަވައި، ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމުގެ ގޮތުން ބައެއް އެއްބަސްވުންތަކުގައި ސޮއިކުރައްވާނެއެވެ.

މިދަތުރުފުޅެ ސަބަބުން ދެޤައުމަށް ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށް ދެ ގައުމުން ވެސް ދެކެއެވެ.