ހުޅުމާލޭގައި ފުލުހަކަށް އަނިޔާކޮށް މާރާމާރީ ހިންގި މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ހޯދަމުން ދިޔަ މީހަކު އަމިއްލައަށް ފުލުހުންނާ ހަވާލު ވެއްޖެއެވެ.

މި ދެ މައްސަލަގައި ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލައް / ދަޑިމަގު. ބޭރެފީށި، މުހައްމަދު އަންސާމް އިބްރާހީމް (23އ) އެވެ.

ހުޅުމާލޭގައި 2023 މެއި 21 ވަނަ ދުވަހުގެ ވަގުތެއްގައި ބަޔަކު ބައިވެރި ވެގެން ފުލުހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައާއި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަސްތުވާތަކެތީގެ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރުމަށްޓައި މުޙައްމަދު އަންސާމް އިބްރާހީމް ހޯދަމުންދާ ކަމަށް އިއުލާނުކޮށްފައިވަނީ ޖޫން 7 ވަނަ ދުވަހުއެވެ.

އަންސާމް ހައްޔަރު ކޮށްފައި ވަނީ 8 ޖޫން ވީ ދުވަހު ހަވީރެވެ. މީނާ ހައްުޔަރު ކޮށްްފައިވަނީ އަމިއްލައަށް ހުޅުމާލެ ހޮސްޕިޓަލްއަށް ހާޒިރު ވުމުންނެވެ.