ށ. ފޮނަދޫ އެއަރޕޯޓުގެ މަަސައްކަތްތައް ނިންމާލައިފިން – އެމް.ޓީ.ސީ.ސީ

0
ށ. ފުނަދޫގައި ރައީސް ޔާމީންގެ ސަރުކާރުން ތަރައްޤީކުރަންފަށާފައިވާ އެއަރޕޯޓޫ

ށ. ފުނަދޫ އެއާޕޯޓް މަޝްރޫއުގެ ތެރެއިން އެމްޓީސީސީއާ ހަވާލުކުރި ހުރިހާ މަސައްކަތްތަކެއް ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން މިހެން ބުނެފައި މިވަނީ މިދިޔަ ހަފްތާގެ ތެރޭގައި އެކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުނަދޫ އެއާޕޯޓްގެ މަސައްކަތް ދެ ދުވަސް ތެރޭގައި ނިންމާ، ޓެސްޓް ފްލައިޓް ޖައްސާނެ ކަމަށް އެކުންފުންޏާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކުރި ޚަބަރަކާ ގުޅިގެންނެވެ.

ފުނަދޫ އެއާޕޯޓާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން ފުނަދޫ އެއާޕޯޓް ސައިޓްގެ މެނޭޖަރު ވިދާޅުވީ ފުނަދޫ އެއާޕޯޓް ހެދުމަށް އެމްޓީސީސީއާ ސަރުކާރުން ހަވާލުކޮށްފައިވަނީ ބިން ހިއްކުމާއި ރަންވޭގެ މަސައްކަތާއި ރަންވޭއާއި ގުޅުންހުރި ޓެކްސީވޭގެ މަސައްކަތްތައް ކަމަށެވެ. އެހެންކަމުން ކަނޑައަޅާފައިވާ ގޮތަށް އެމަސައްކަތްތައް މިހާރު ނިންމާލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

Advertisements

ސައިޓް މެނޭޖަރު އިތުރަށް ވިދާޅުވީ ފުނަދޫ އެއާޕޯޓްގައި އެމްޓީސީސީން ކުރަން ހުރި ހުރިހާ މަސައްކަތެއް ނިމިފައިވާތީ އެއާޕޯޓް ހެދުމަށް ފުނަދޫއަށް ގެންދިޔަ ހުރިހާ ތަކެއްޗެއް ފުނަދޫން ބޭރުކުރުމުގެ މަަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ފުނަދޫ އެއާޕޯޓްގައި ދެ ދުވަސް ތެރޭގައި ޓެސްޓް ފްލައިޓް ޖައްސާނެ ކަމަަށް ބުނެ ނޫސްތަކުގައި ލިޔެފައިވާ ޚަބަރުތަކާ ގުޅިގެން އެމްޓީސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެކުންފުނިން މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުނަދޫ އެއާޕޯޓާ ގުޅުވައިގެން ދެކެވުނު ވާހަކަތައް ނޫސްތައް ގެނެސްދީފައިވަނީ ވަރަށް ބޮޑަށް އޮޅޭ ގޮތަށް ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެކުންފުނިން ބުނެފައިވާނީ ފުނަދޫ އެއާޕޯޓްގައި އެމްޓީސީސީން ކުރަން ހުރި ހުރިހާ މަސައްކަތްތަކެއް ދެ ދުވަސް ތެރޭގައި ނިމޭނެ ވާހަކަ ކަމަށާއި ޓެސްޓް ފްލައިޓް ޖެއްސުމާ ގުޅޭ ކަންކަމަކީ އެކުންފުންޏާ ބެހޭ ކަމަކަށް ނުވާތީ ޓެސްޓް ފްލައިޓް ޖައްސާނެ ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ. އެހެންކަމުން ފުނަދޫ އެއާޕޯޓަށް ޓެސްޓް ފުލައިޓް ޖައްސާނެ ދުވަހެއް ނިންމާނީ ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ކަމަށްވެސް ވިދާޅުވި އެވެ.

ނިމިދިޔަ ސަރުކާރުން ފަށާފައިވާ ށ. ފޮނަދޫގެ އެއަރޕޯޓު

ފުނަދޫ އެެއާޕޯޓްގެ މައްސަލާގައި ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމް ވިދާޅުވީ ދެ ދުވަސް ތެރޭގައި ފުނަދޫ އެއާޕޯޓްގައި ޓެސްޓް ފްލައިޓް ޖައްސާ ވާހަކަ ނޫސްތަކުން ފެނިގެން އެމްޓީސީސީއާއި ރީޖަނަލް އެއާޕޯޓްސްއަށް ފުނަދޫ ކައުންސިލް އިދާރާއިން ގުޅުމުން ޓެސްޓް ފްލައިޓް ޖައްސަން ތައްޔާރުވާ ވަކި ދުވަހެއް މުއައްސަސާތަކުން ބުނެފައި ނުވާ ކަަމަށެވެ.

އަހްމަދު ވިދާޅުވީ ފުނަދޫ އެއާޕޯޓްގައި އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތްތައް އެކުންފުނިން ނިންމާފައިވާ ކަމަށާއި މިހާރު ޓާމިނަލްގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ފަރާތުން އެމަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ޓާމިނަލް އިމާރާތުގެ ތަނބުތަކުގެ ބުޑުތައް އެޅާ ނިންމާ ރޭނުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ފުނަދޫ އެއާޕޯޓުގެ ރަންވޭއާއި، އޭޕްރަން އަދި ޓެކްސީވޭ ހެދުމަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އެމްޓީސީސީއާ މިމަސައްކަތްތައް ހަވާލުކުރީ 60 މިލިއަން ރުފިޔާ އަށް 105 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޝަރުތުކޮށްފަ އެވެ. ފުނަދޫގައި އެއާޕޯޓް އެޅުމަށް އެމްޓީސީސީގެ މަހާޖައްރާފު ބޭނުންކޮށްގެން 45 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.

Advertisements