ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް ބަދަލުގެނައުމުގެ މަސައްކަތް ސަރުކާރުން ފަށައިފި

1
ސިވިލްސަރވިސް މުވައްޒަފުންތަކެއް ވެލާނާގެއިން ނުކުންނަނީ

ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް މިހާރު ދެނެގަނެ މުސާރަތައް ހަމަހަމަ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން މިއަދު ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން މިއަދު ޢާއްމުކުރި ބަޔާނެއްގައި ވިދާޅުވެފައިވަނީ މުސާރައިގެ އޮނިގަނޑު މުރާޖާކޮށް ގެންނަން ޖެހޭ ބަދަލުތައް މިހާާރު ދެނެގަނެފައިވާ ކަމަށެވެ. ޕޭ ކޮމިޝަނުން ވިދާޅުވީ އެ ބަދަލުތައް ބައިނަލްއަޤުވާމީ ތަޖުރިބާކާރުންގެ އެހީއާއެކު ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށެވެ.

މުސާރައިގެ އޮނިގަނޑު މުރާޖާކޮށް ގެންނަން ޖެހޭ ބަދަލުތައް މިހާާރު ދެނެގަނެފައިވާ ކަމަށެވެ. އަދި ބުނީ އެ ބަދަލުތައް ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ އެހީއާއެކު ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. ނޭޝަނަލް ޕޭ ކޮމިޝަނަކީ ޤާނޫނަކުން އުފައްދާފައިވާ ކޮމިޝަނެކެވެ.

Advertisement

ޕޭ ކޮމިޝަނަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމާއި މުސާރައިގެ ކުރިއެރުން ދިނުމާއި ދައުލަތުގެ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް އެމީހުންނަށް ދެވިދާނެ އިނާޔަތްތަކާއި ވަޒީފާ އިން ނުވަތަ މެމްބަރުކަމުން ވަކިވެގެންދާ އިރު އިނާޔަތްތައް ދޭނެ ސިޔާސަތުތަކާއި މިންގަނޑުތަކާއި ހަމަތައް ކަނޑައަޅައިދޭ ކޮމިޝަނެކެވެ. ނަމަވެސް މުސާރަ ކަނޑައެޅުމުގައި ރައީސުލްޖުމްހޫރިއްޔާކަން ކުރާ ބޭފުޅަކާއި ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ އިތުރުން ޝަރުއީ ދާއިރާ އިސްތިސްނާވާނެ އެވެ.

ނޭޝަނަލް ޕޭ ކޮމިޝަނުގައި ތިއްބަވާނީ ފަސް މެންބަރުންނެވެ. ކޮމިޝަނަށް މެންބަރުން ޢައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

Advertisements

1 COMMENT

  1. ނުނިމުނު ވާހަކައެއްދޯ. ރައްޔިތުންނަށް އެނގޭ. އެޒަމާން ފާއިތުވެ ގޮސްފި. މިހާރު ގަބޫލު ނުކުރާނެ

Comments are closed.