މޯލްޑިވްސް ޕޯސްޓް ލިމިޓެޑަކީ ދިވެހީންގެ އެކުވެރިޔާއެވެ. ރައްޔިތުންގެ ބައިވެރިޔާއެވެ. ދުރުގާތްކޮށްދޭ އެހީތެރިޔާއެވެ. މޯލްޑިވްސް ޕޯސްޓްލިމިޓެޑުގެ ޚިދުމަތް މިވަނީ މުޅިރާއްޖެއަށް ތަންމިނަށް ހުޅުވާލެވިފައެވެ.
މޯލްޑިވްސް ޕޯސްޓު ލިމިޓެޑުން ވަނީ ސާދަ އަތޮޅެއްގައި އެތަނުގެ ގޮފިތައްގާއިމްކޮށްފައެވެ. އޭގެ އިތުރުން މިހާތަނަށް މުޅި ރާއްޖޭގައިވަނީ 170އެޖެންސީ ޕޯސްޓް އޮފީސް ހުޅުވައި ޚިދުމަތް ދޭން ފަށައިފައެވެ. މިކުންފުންޏަކީ ސަތޭކަ ޕަސެންޓު ސަރުކާރު ހިއްސާވާ ދިވެހީންގެކުންފުންޏެކެވެ.
ރާއްޖޭގައި ޕޯސްޓްގެ ހިދުމަތުގެ ދިގު ތާރީޚުގައި ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ ޒަމާނާ އެއްގޮތަށް ޚިދުމަތް އަވަސްކޮށްފުޅާކުރުމަށެވެ. މި ޚިދުމަތް ދިނުމުގައި ޕޯސްޓު އޮފީސް ސަތޭކަނުވަ އަހަރުކަޑައްތުކޮށްފިއެވެ. އެ މުއްދަތުގައި އެ އޮފީހުންވަނީ ގޮންޖެހުންތަކާއެކުވެސް ޚިދުމަތް ރަނގަޅު ކުރުމަށް އެތައް މަސައްކަތެއް ކޮށްފައެވެ.މިހާރުވެސް ގެންދަނީ ކުރަމުންނެވެ.
އަސާސީ މުވާސަލާތީ ވަސީލަތެއްގެ ގޮތުގައި ފާއިތުވި ދިގު މާޒީގައި ޕޯސްޓުއޮފީހުން ރައްޔިތުންނަށް ދީފައިވަނީ އަދި ދެމުން ގެންދަނީ ޝުކުރު ހައްގުޚިދުމަތެކެވެ. އެހެންކަމުން އެޚިދުމަތް ދިނުމުގައި ބައިވެރިވި އަދިބައިވެރިވަމުންދާ އެންމެހާ މުވައްޒަފުންނަށް ޝުކުރު ހައްގެވެ.އެމީހުންނަށް އައްސަރިބަހާއި ސާބަސް ހުއްޓެވެ.
ޕޯސްޓު އޮފީހަކީ ޕޯސްޓްގެ ޤާނޫނުގައި ލާޒިމުކުރާ ގޮތަށް ރާއްޖޭގައިނޭޝަނަލް ޕޯސްޓް އޮޕަރޭޓަރުގެ ދައުރު އަދާކުރަމުން އަންނަ ޚިދުމަތްތެރިކުންފުންޏެކެވެ. ޒަމާނަށް އަންނަމުންދާ ޓެކްނޮލޮޖީގެ ކުރިއެރުމުގެސަބަބުން ކަންކަމަށް ބަދަލުއަންނަނީ ހީވެސްނުކުރާހާ އަވަސް މިނެއްގައެވެ. މި ބަދަލުތަކާއެކު މޮބައިލް ކޮމިއުނިކޭޝަން ކުރިއަރައިގެންދާ ވަރަކަށްޕޯސްޓު އޮފީހުންވެސް މަސައްކަތް ކުރަމުން ގެންދަނީ އެއާ އެއްވަރެއްގައިހިފަހައްޓާލުމަށެވެ. ގޮންޖެހުންތަކާ ވެސް އެކުގައެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މަސައްކަތްކުރަނީ މިހާރު އޮތް ޓްރެންޑަށްބެލުމަށްފަހު އެއާއެއްގޮތަށް ޚިދުމަތްތައް ބައްޓަންކޮށް ޚިދުމަތްފޯރުކޮށްދިނުމަށެވެ. އެގޮތުން އީކޮމާސް ލޮޖިސްޓިކްސް، މެއިލް ފޯވާޑިން،އޮންލައިން ޝޮޕިން، އިލެކްޓްރޯނިކް ޕޭމަންޓް ސޮލިއުޝަންސް، އޮންލައިންމެއިލް މެނޭޖްމަންޓް ސޮލިއުޝަންސް ފަދަ އެތައް ކަމެއް ކަސްޓަމަރުންނަށްފަހިވާގޮތަށް ޕޯސްޓު އޮފީހުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
މީގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ކަމަކީ އީޓޫކުރީއިންޓަރނޭޝަނަލްއެވެ. އެއީ ކަސްޓަމަރުންނަށް ކޮންސޮލިޑޭޓްކޮށް ސީދާދިވެހިރާއްޖެއަށް ޝިޕް ކުރުމުގެ ފުރުސަތު ދީގެން އިންޓަރނޭޝަނަލްއޮންލައިން ޝޮޕިންގެ ފުރުސަތު ރާއްޖެއަށް ފޯރުކޮށްދޭ ފުރަތަމަޕްލެޓްފޯމެވެ.
އީޓޫކުރީ އިންޓަރނޭޝަނަލްގެ ކާމިޔާބީއާއެކު މޯލްޑިވްސް ޕޯސްޓް ލިމިޓެޑުންވަނީ އީޓޫކުރީގެ ޚިދުމަތް އީޓޫކުރީ ލޯކަލް އަށް ވެސް ފުޅާކޮށްފަ އެވެ.އީޓޫކުރީ ލޯކަލް އަކީ އުފެއްދުންތަކާއި ޚިދުމަތްތައް ގަތުމާއިވިއްކުމުގައި ޖަޒީރާތަކާއި އަތޮޅުތަކުގެ މެދުގައި އޮންނަ ޖިއޮގްރަފިކަލް ފަރަގު ކުޑަކޮށްދޭ އީ-ކޮމާސް ޕްލެޓްފޯމެކެވެ.
މި ޕްލެޓްފޯމަކީ މޯލްޑިވްސް ޕޯސްޓުން ހުށަހަޅާ ފުޅާ ޕޯސްޓް ނެޓްވޯކްބޭނުންކޮށްގެން ރާއްޖޭގެ އެތެރެއާއި ބޯޑަރު ހުރަސްކޮށް ބޮޑެތި، ކުދި އަދިމެދު ފަންތީގެ ވިޔަފާރިތަކާ ވަކިވަކި ފަރުދުންނަށް އެމީހުންގެއުފެއްދުންތައް ދައްކާލުމާއި މާކެޓްކުރުމާއި ވިއްކުމާއި ބެހުމުގެ ފުރުސަތު ލިބިގެންދާ ޕްލެޓްފޯމެކެވެ.
މީގެ އިތުރުން ދިވެހި ރާއްޖެއަކީ ބައިނަލްއަގުވާމީ އޮންލައިން މާކެޓުންތަފާތު ވިޔަފާރިތައް ކުރަމުން އަންނަ ގައުމެއްކަމުން އެ ހިދުމަތާ އެކުއާންމުންނަށް ބޮޑެތި ފަސޭހަތަކެއް ފޯރުކޮށްދިނުމަކީ މޯލްޑިވްސް ޕޯސްޓުން ސެލްފް ސަރވިސް ހިދުމަތާ އެކު ޕިކް ޕޯސްޓްގެ ޚިދުމަތް ތައާރަފުކުރުމެވެ.
ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ފަށާފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު ނުވަވަނަ ދުވަހު އެވެ. މިއީ މޯލްޑިވްސް ޕޯސްޓްގެ ހިދުމަތްބައިނަލްއަގުވާމީ ފެންވަރުގައި ދެމި އޮތުމަށް ޓަކައި ތައާރަފުކުރި ވަރަށްމުހިއްމު ހިދުމަތެއް ވެސް މެއެވެ.
މީގެއިތުރުން މިއީ ޕޯސްޓްގެ ޑެލިވަރީ ނިޒާމް އިތުރަށް ހަރުދަނާކޮށްތަރައްގީކޮށް ޒަމާނީ ކުރުގެ މަސައްކަތުގެ ތެރެއިން ތައާރަފް ކުރި ސެލްފްސާވިސް ހިދުމަތެކެވެ.
މޯލްޑިވްސް ޕޯސްޓުގެ މަގުސަދަކީ މާލެ ފިޔަވައި ރާއްޖޭގެ އެހެންހިސާބުތަކުގައި ވެސް ޕިކް ޕޯސްޓްގެ ހިދުމަތްތައް ފެށުމެވެ.
މީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ މަސައްކަތްތެރީންއުފައްދާ ތަކެތި މި އޮންލައިން ބާޒާރުގެ ތެރެއިން މާކެޓު ކުރުމުގެފުރުސަތު އެފަރާތްތަކަށް ހޯދައިދިނުމަކީ ޕޯސްޓު އޮފީހުގެ ޚާއްސަ މަގުސަދެކެވެ.