ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން އާއިއެކު. ހުޅުމާލޭގައި ހުންނަ ދައުލަތުގެ ފަރާތުން ބަލަހައްޓާކުޑަކުދިން ތިބޭ މަރުކަޒު "ފިޔަވަތި"އަށް ޒިޔާރަތްކުރައްވައިފިއެވެ.

ސޭޝެލްސްގެ ރައީސްގެ ދެކަނބަލުން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުނާއި، ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުން ފިޔަވައްޗަށް ކުރެއްވި މިޒިޔާރަތުގައި ވަނީ، ފިޔަވަތި ބައްލަވާލައްވައި، އެތާނގެ ކުޑަކުދީންގެ އާޓް ޑިސްޕްލޭތައް ބަލައްވާލައްވާފައެވެ.

މިވަގުތުވެސް ފިޔަވަތީގައި ދައުލަތުގެ ފަރާތުން ބަލަހައްޓަމުން ގެންދާ 80 ކުޑަކުދިން އެބަތިއްބެވެ.